
ދުވާފަރުގައި ބާއްވާ ކާބޯތަކެތީގެ މައުރަޒު މިނިސްޓަރު ޝިޔާމް ހުޅުވައިދެއްވައިފި

އައިޝަތު އިނާޝާ - 12 ޑިސެމްބަރު 2025 - 13:51
45ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ.ދުވާފަރުގައި ބާއްވާ ކާބޯތަކެތީގެ މައުރަޒު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ހުޅުވައިދެއްވައިފިއެވެ.
މައުރަޒުހުޅުވައިދެއްވުމަށްފަހު މިނިސްޓަރު ޝިޔާމްވަނީ މައުރަޒުގައި ހުރި އުފެއްދުންތައް ބައްލަވާލައްވާފައެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ބޭއްވި ކާބޯތަކެތީގެ މައުރަޒަކީ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން އިން އިންތިޒާމްކޮށްގެން ދިވެހި އުފެއްދުންތަކަށް ހާއްސަކޮށް ކުރިއަށްގެންދިޔަ މައުރަޒެކެވެ.
މި މައުރަޒުގައި ދުވާފަރުގެ އިތުރުން ރ އަޮޅުގެ ގިނަ ރަށްތަކުން ބައިވެރިވެފައިވެއެވެ.
މި މައުރަޒުގައި ދިވެހީންގެ އަމިއްލަ ގިނަ އުފެއްދުންތަކެއް ވަނީ ދައްކާލާފައެވެ.
ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ. މިއަދު މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވަނީ ރ. ދުވާފަރުގައެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި މަސްވެރިންގެ ފޯރަމްއާއި މުޅި ރ އަތޮޅަށް ހުޅުވާލައިގެން ބާއްވާ މަސް ރޭހާއި ކުޑަކުދިންނަށް ހާއްސަކޮށް ބައްވާ ކުޑަކުދިންގެ ހަވީރާއި މަސްކެނޑުމުގެ މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާއި ހަމައަށް މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބައްލަވާލެއްވުމަށާއި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސަޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 13 ވާ ހޮނިހިރު ދުވަހުގެ ރެ އެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވައިފި
6 ގަޑިއިރު ކުރިން

ލޮއާކާ ބްރޭންޑަށް 100 އަހަރު ފުރުން ފާހަގަ ކުރަން ޔޫރޯސްޓޯރުން އިވެންޓެއް ބާއްވައިފި
6 ގަޑިއިރު ކުރިން
ފޯކައިދޫގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް ރަސްމީކޮށް ހުޅުވައިފި
7 ގަޑިއިރު ކުރިން

ވައި ނުސާފުވެ، މާލެ ސަރަޙައްދަށް އޮރެންޖު ސަމާލު ނެރެފި
7 ގަޑިއިރު ކުރިން


