logo

ލޮއާކާ ބްރޭންޑަށް 100 އަހަރު ފުރުން ފާހަގަ ކުރަން ޔޫރޯސްޓޯރުން އިވެންޓެއް ބާއްވައިފި

profile

މުހައްމަދު މުޝްރިފް - 12 ޑިސެމްބަރު 2025 - 14:40

ދުނިޔޭގެ މަޝްހޫރު ވޭފާ ބްރޭންޑެއް ކަމަށްވާ "ލޮއާކާ" (Loacker) އަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި އެ ބްރޭންޑް ޑިސްޓްރިބިއުޓްކުރާ ޔޫރޯ މާކެޓިންގ އިން ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

https://wamco.com.mv/

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު ހުޅުމާލޭ ޔޫތު ޕާކް (ރެޑްބުލް ސްކޭޓް ޕާކް) ގައެވެ. މި އިވެންޓަކީ ލޮއާކާގެ 100 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އާންމުންނަށް ބައިވެރިވެވޭ ގޮތަށް ކުޑަކުދިންނަށް ޙާއްސަކޮށްގެން އިންތިޒާމުކުރި ފޯރިގަދަ ހަރަކާތެކެވެ. މިއިވެންޓުގައި ގިނަ ކުޅިވަރުތަކާއި ގޭމްތައް ކުޅުމުގެ އިތުރުން އިނާމު ހޯދުމުގެ ފުރުސަތުވެސް ބައިވެރިންނަށް ލިބިގެން ދިޔަައެވެ.

މި އިވެންޓުގެ އެންމެ ޚާއްސަ ކަމެއްގެ ގޮތުން، ސްކޭޓް ޕާކުގެ ފާރުގައި ވަނީ ލޮއާކާ ބްރޭންޑާ ގުޅުވައިގެން ހިތްގައިމު "މިއުރަލް" ކުރެހުމެއް ކުރަހާފައެވެ. ޔޫރޯ މާކެޓިންގ އިން މައުލޫމާތު ދީފައިވާ ގޮތުގައި މި މިއުރަލްގެ މަޤްސަދަކީ އަޅާނުލައި ހުންނަ ފާރުތަކަށް ދިރުން ގެނެސް، އެތަނުގެ މާހައުލު އިތުރަށް ރީތި ކުރުމެވެ.

ޔޫރޯ މާކެޓިންގެ ފަރާތުން އަހުމަދު އަލީ ވިދާޅުވީ މި އިވެންޓު ބޭއްވުމުގެ މަގުސަދަކީ ލޮއަކާ ބްރޭންޑަށް 100 އަހަރު ވުމާ ގުޅިގެން ރާއްޖޭގައި އުޅޭ ލޮއަކާގެ ކަސްޓަމަރުންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުން ކަމަށެވެ. އަހުމަދު ވިދާޅުވީ މި އިވެންޓުގެ ސަބަބުން ލޮއަކާއަށް ލޯބިކުރާ ކަސްޓަމަރުންނަށް އެއްމާހައުލަކުން އުފާވެރި އިހުސާސްތަކެއް ކުރެވިގެން ދިޔަ ކަމަށެވެ.

ލޮއަކާ ބްރޭންޑަކީ މީގެ އެއް ގަރުނު ކުރިން އިޓަލީގެ ބޮލްޒާނޯ ސިޓީގައި ކުޑަ ޕޭސްޓްރީ ޝޮޕަކުން ފެށުނު ވިޔަފާރިއެކެވެ. ފާއިތުވި 100 އަހަރުގެ ތެރޭގައި މި ބްރޭންޑް ވަނީ މުޅި ދުނިޔޭގެ ލޯބި ހޯދައި، އެންމެ މަތީ ފެންވަރުގެ ވޭފާ އުފެއްދުމުގައި ކަސްޓަމަރުންގެ އިތުބާރު ހޯދާފައެވެ.

ޔޫރޯ ސްޓޯރަކީ ރާއްޖެއަށް މަޝްހޫރު ގިނަ ބްރޭންޑްތަކެއް އެތެރެކުރާ ފަރާތެއް ކަމަށްވާއިރު، ލޮއަކާގެ މި ތާރީޚީ މުނާސަބަތާ ގުޅިގެން ޒުވާނުންނާއި ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު ހަރަކާތްތައް މި އިވެންޓުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay