logo

ވައި ނުސާފުވެ، މާލެ ސަރަޙައްދަށް އޮރެންޖު ސަމާލު ނެރެފި

profile

އައިޝަތު އިނާޝާ - 12 ޑިސެމްބަރު 2025 - 13:59

ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެ، މާލެ ސަރަޙައްދަށް އޮރެންޖު ސަމާލު ނެރެފިއެވެ.

އެޗްޕީއޭއިން ބުނިގޮތުގައި، މިހާލަތުގައި ނާޒުކު ހާލަތްތަކުގައިވާ ފަރާއްތަކަށާއި އެހެން މީހުނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުޞަތު ބޮޑުކަމަށެވެ. ނާޒުކުރު ހާލަތްތަކުގައިވާ މީހުންގެ ތެރޭގައި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބައްޔައް ފަރުވާ ކުރާ މީހުން، އެލާރޖީ މައްސަލަ ހުންނަ މީހުން ހިމެނޭކަމަށް އެޗްޕީއޭއިން ބުނެފައެވެ.

https://wamco.com.mv/

އެހެންކަމުން އެފަދަ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންތައްތައް ކުރުން މަޑުޖައްސާލުމާއި ބޭރަށް ނުކުންނަން ޖެހޭ ހާލައްތަކުގައި އެން 95 ނުވަތަ އެފަދަ މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޭރުގެ ނުސާފު ވައި ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި އެއަރ ޕިއުރިފައިއަރ ބޭނުންކުރުން މުހިންމުކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މާލެ ސަރަޙައްދު އޮރެންޖް ސަމާލުގައި އޮތްއިރު ރާއްޖޭގެ އެހެން ސަރަޙައްދުތައް އޮތީ ރީނދޫ ސަމާލުގައެވެ. އެޗްޕީއޭއިން ބުނީ ވައި ސާފު މިންވަރު ބެލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ އައިކިއު އެއަރ ނުވަތަ އެޕް މެދު ވެރިކޮށް ވައި ނުސާފު މިންވަރަށް ބަލާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމުކަމަށެވެ.
"އައިކިއު އެއާ"އިން ދައްކާގޮތުގައި ހިރަފުސް ކުނޑި ނުވަތަ ޕީއެމް2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 42 މައިކްރޯ ގްރާމްގައެވެ.

ފާހަގަކުރެވޭގޮތުގައ ކުރިއަށް އޮތް ހަފްތާގައިވެސް މާލެ ހިމެނޭހެން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިނުސާފުވާނެކަމަށް ބެލެވޭކަމަށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay