logo

ފޯކައިދޫގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް ރަސްމީކޮށް ހުޅުވައިފި

profile

އައިޝަތު އިނާޝާ - 12 ޑިސެމްބަރު 2025 - 14:08

ށ. ފޯކައިދޫގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް ރަސްމީކޮށް ހުޅުވައިފި އެވެ.

https://wamco.com.mv/

މި މިސްކިތަކީ އަލްމަރުހޫމް ޙުސައިން ވަހީދު (ފޯކައިދޫ ވަހީދު) ގެ ޚަރަދުގައި ބިނާކޮށްފައިވާ މިސްކިތެކެވެ. ދެ އަހަރެއްހާ ދުވަހު ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވުމަށްފަހު ހުސެއިން ވަޙީދު ނިޔާވީ، އުމުރުފުޅުން 53 އަހަރުގައި 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ. ނިޔާވިއިރުވެސް ޙުސެއިން ވަޙީދަކީ، ކޮމަންޑޫ ދާއިރާގެ މެމްބަރެވެ.

މިއަދު ހުކުރު ނަމާދުގެ ކުރިން ބޭއްވުނު ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައި ދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާއި އަލްމަރްހޫމް ހުސައިން ވަޙީދުގެ ދަރިކަލުން އަހްމަދު ނަވީން ހުސައިން އެވެ. މި މިސްކިތް ހުޅުވުމަށްފަހު މިއަދުގެ ހުކުރު ޚުޠުބާ ދެއްވީ، ޝެއިޚް އަޙްމަދު ސަމީރެވެ.

400 މީހުންނަށް ނަމާދު ކުރެވޭ މި މިސްކިތުގެ ނަމަކީ މަސްޖިދުލް ނޫރު އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay