logo
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބައި އިލެކްޝަންތައް މަދުނުކޮށް އީ ވޯޓިން ފަށަން ޖެހޭ: މައުރޫފް

profile

ޝުރުފާ މުހައްމަދު - 31 ޖުލައި 2024 - 07:22

ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދު ވުމާއި އިންތިޚާބުތަކަށް ދާ ޚަރަދު ބޮޑުވާ މައްސަލައަށް ހައްލެއް ލިބޭނީ ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން އީ ވޯޓިން ސިސްޓަމް ތައާރަފްކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި މެދު މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން މެމްބަރު މައުރޫފް ވިދާޅުވީ، އިންތިޚާބުތަކަށް ބޮޑު ޚަރަދެއް ދާތީ ކަމަށް ބުނެ، އިންތިޚާބުތައް ނުބޭއްވުމަކީ އެ މައްސަލަ ހައްލުވާނެ ކަމެއް ނޫން ކަމަށެވެ. އިންތިޚާބުތަކަށް ޚަރަދު ބޮޑުވަނީ ވެސް ސަރުކާރުން އެކަމުގައި އަމަލުކުރާ ގޮތުން ކަމަށް ވިދާޅުވެ މެމްބަރު ވަނީ ގޮނޑިތައް ކަމިޔާބުކުރުމަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ކަމަށް ތުހުމަތުކުރައްވާފަ އެވެ. އަދި އެ މައްސަލަ ހައްލުކުރަން ނަމުގައި އިންތިޚާބު މަދުކުރުމަކީ ޑިމޮކްރެޓިކް އުސޫލު ނައްތާލަން އުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޒުވާނުން، ހާއްސަކޮށް ޖެންޒީސް، އެއްގޮތަކަށް ވެސް ޝައުގުވެރިކަމެއް ނުހުރެޔޭ ވޯޓުލާން ނުކުންނާކަށެއް. އެހެންވީމާ މި ޑިމޮކްރެޓިކް ޕްރޮސެސް އަޅުގަނޑުމެން ޕްރެކްޓިސް ކުރުމުގެ ބަދަލުގައި، އަޅުގަނޑުމެން އިހުތިޔާރުކުރާ މަގަކީ އިންތިހާބުތައް ނުބޭއްވުން ކައުމުގައިވާ ނަމަ، އެއީ އަޅުގަނޑުމެންނަށް ޑިމޮކްރަސީގަ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމުގައި އަޅުގަނޑު ފާހަގަކޮށްލަން.

މެމްބަރު މައުރޫފް ވިދާޅުވި ގޮތުގައި ބައި އިލެކްޝަންތަކުގައި ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދު ވުމާއި، ޒުވާނުން ވޯޓުލާން ޝައުގުވެރިކަން ނުހުންނަނީ މިކަމުގައި ޒަމާނީ ގޮތްތައް ރާއްޖޭގައި ނުގެންގުޅޭތީ އެވެ. އެގޮތުން ދުނިޔޭގެ ބޮޑެތި ގައުމުތަކުން މިހާރު އީވޯޓިން ނިޒާމު ބަލައިގަނެ އެގޮތަށް އަމަލުކުރަން ފަށާފައިވާކަން ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ ރާއްޖޭގައި ވެސް އީވޯޓިން ފަށައިފި ނަމަ، ބައި އިލެކްޝަންތަކުގައި ވޯޓުލާ މީހުންގެ އަދަދު ވެސް ރަނގަޅުވެގެންދާނެ ކަމަށެވެ.

ބައި-އިލެކްޝަންތަކަކީ ކުދި ކުދި އިންތިހާބުތަކެއް. އެހެންވީމާ ބައި-އިލެކްޝަންތަކުގައި އަޅުގަނޑުމެން އީ-ވޯޓިން މެދުވެރިކޮށްގެން ޕްރެކްޓިސް ކުރަން ނުވަތަ ފައްޓަން ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން،

މައުރޫފް ވިދާޅުވީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައިގެން ގޮސްފައިވަ ޒަމާނެއްގައި ޚަރަދު ބޮޑުވެގެން ކަމަށް ބުނެ އިންތިޚާބުތައް ނުބޭއްވުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި 21 ވަނަ ގަރުނުގައި އެފަދަ ވާހަކައެއް ދެއްކުމަކީ ވެސް އަދި އެކަން ކުރުމަކީ ވެސް، އެ މަސައްކަތާ ހަވަލުވެ ތިބި މުއައްސަސާގެ ނާގާބިލްކަން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން މި ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާގޮތުން ކޮންމެ އަހަރަކު ވެސް ބައި އިލެކްޝަންތައް ބާއްވާނީ އަހަރަކު ދެ ފަހަރު އެވެ. އަދި ޚާއްސަ ހާލަތްތަކުގައި މިހާރު ވެސް އޮންނަ ގޮތަށް މަގާމު ހުސްވާތަ 60 ދުވަސް ތެރޭގައި ބައި އިލެކްޝަން ބޭއްވޭނެ އެވެ.

މި ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި އިރު، ބައި އިލެކްޝަންތައް ބާއްވަން ޖެހޭ ވަރު ގިނަ ވެ، އެކަމުގެ ޚަރަދު ބޮޑުކަމުގެ ވާހަކަ އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް އަންނަނީ ދައްކަމުންނެވެ. ވަކިން ޚާއްސަކޮށް އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުތައް ގިނަކަން، އިލެކްޝަނުން ފާހަގަކުރެ އެވެ.


https://etukuri.mv/
https://eportal.mwsc.com.mv/e-pay