logo
އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން

އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން

އެމެރިކާ އާއެކު މަޝްވަރާކުރަން އީރާނުން އަމުރުކޮށްފި!

profile

ރިޟްވާން މޫސާ - 03 ފެބްރުއަރީ 2026 - 12:18

އެމެރިކާއާއެކު "އިންސާފުވެރި އަދި ހަމަހަމަ" މަޝްވަރާތަކެއް ފެށުމަށް އީރާނުގެ ޚާރިޖީ ވުޒާރާއަށް އެ ޤައުމުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން އަމުރުކުރައްވައިފި އެވެ

https://wamco.com.mv/

އޭނާ މި ކަން ހާމަކުރައްވާފައި މި ވަނީ، ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކޮންމެވެސް ވަރަކަށް ކުޑަވެފައިވާ ދަނޑިވަޅެއްގައެވެ.

ޕީޒިޝްކިޔާން ވިދާޅުވީ، އިންޒާރުތަކާއި އެކަށީގެންނުވާ އުއްމީދުތަކުން އެއްކިބާވެފައިވާ، އެކަށީގެންވާ މާހައުލެއް އޮތްނަމަ، ކަރާމާތާއި ވިސްނުންތެރިކަމުގެ އުސޫލުތަކާ އެއްގޮތަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޚާރިޖީ ވަޒީރަށް އަންގަވާފައިވާނެ ކަމުގައެވެ.

އެމެރިކާއަށް ދެއްކޭނީ ބިރު ކަމަށާއި، އީރާނު ފަހަތަކަށް ނުޖެހޭ ނެކަމަށާއި، މިއީ އީރާނުންދޭ އިންޒާރު ކަމަށް އީރާންގެ ރޫޙާނީ ވެރިޔާ ޢާޔަތުﷲ އަލް ޚާމަނާއީ ވަނީ ދެއްފަ އެވެ.

އީރާނަށް ޙަމަލާއެއް ދޭން ޖެހިދާނެ ކަމުގައި ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައިވަނިކޮށް، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަން ހިމެނޭ ބިޔަ ލަޝްކަރެއް އީރާން ކައިރީގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ޚާމަނާއީ ވިދާޅުވީ އީރާނު ވަށައިގެން ކިތަންމެ ވަރަކަށް އެމެރިކާގެ ހަތިޔާރު އެޅި ލަޝްކަރު ހަރަކާތްތެރިވި ކަމުގައިވިނަމަވެސް އީރާނުން އެންމެ އިންޗި އެއްވެސް ފަހަތައް ޖެހުމުގެ ވިސްނުމެއްވެސް ނެތް ކަމަށެވެ. ޚާމަނާއީ ވަނީ އެމެރިކާއިން އަސްކަރީ އުޅަނދުތައް އީރާނުގެ ސަރަހައްދާއި ކައިރިއަށް އެމެރިކާއިން ފޮނުވާފައި ވާތީ އެއީ ބިރު ދައްކަން އެމެރިކާ އިން ކުރަމުންދާ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

އީރާނުގެ ރޫހީ ލީޑަރާއި، އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް އާ ދެމެދު ބަހުގެ ހޫނު ރައްދު ތަކެއް ފާއިތުވީ ހަފްތާއެއްހައި ދުވަހު ކުރިއަށްދާއިރު އަސްކަރީ ކުރިމަތިލުމަކަށް ނުގޮސް، މަޝްވަރާގެ ތެރެއިން ޚިލާފުތަކަށް ޙައްލެއް ހޯދުމަށް މަޝްވަރާތައް ކުރެވެމުން އަންނަކަމަށް ދެ ފަރާތުން ވެސް ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay