
135 ބަލި މީހުންގެ ތެރެއިން ބޭސްފަރުވާ ކުރަން ފުރުސަތު ލިބުނީ އެންމެ 5 މީހަކަށް!

ރިޟްވާން މޫސާ - 03 ފެބްރުއަރީ 2026 - 12:18
ފަލަސްތީނުގެ ގާޒާއިން ނުކުތުމަށް އޮތް ހަމައެކަނި ދޮރު ރަފަޙް ހުރަސް ނުވަތަ ރަފަޙް ގެ ދޮރުން ނުކުމެ ބޭސް ފަރުވާކުރަން ތިބި 135 މީހުންގެ ތެރެއިން ޔަހޫދީން ފުރުސަތުދީފައިވަނީ އެންމެ 5 މީހަކަށް ކަމަށް ރޮއިޓާސް އިން ބުނެފި އެވެ.
އިޒްރާއީލުގެ ޔަހޫދީންގެ ސަރަހައްދަށް ނުގޮސް ގާޒާ އިން ހަމަ އެކަނި ނިކުމެވޭން އޮންނަ ދޮރާށި ރަފަޙް ޔަހޫދީން ޝަރުތުތަކަކާއެކު ހުޅުވާލާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުގަ އެވެ.
ރަފަޙް ގެ ދޮރު ހުރަސްކޮށް ނުކުންނަވެހިކަލްތަކާއި މީހުންވެސް ޔަހޫދީން ދަނީ ހުރިހައި އެއްޗެއް ހާވައި ސްކްރީން ޓެސްޓް ކުރަމުންނެވެ.
ޔަހޫދީންގެ އަނިޔާވެރި ހަމަލާ ތަކުގެ ޝިކާރައަކަށް ވެފައި ތިބި ގާޒާގެ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ބޮޑެތި ބަލިމަޑުކަމެއްގައި ބޭސްފަރުވާ ނުކުރެވި އެބަ ތިއްބެވެ.
ހަނގުރާމައިގެ ހަމަލާ ތަކުގައި ވެފައިވާ ބޮޑެތި ޒަހަމް ތަކާއި، ބޯފެނާއި ކާތަކެތި ނުލިބި ނިކަމެތި ކަމެއް ކުރިމަތިވެފައިވާ ގާޒާގެ ރައްޔިތުންގެ ތެރެއިން 135 މީހަކު ރަފަހް ބޯޑަރު ހުރަސްކޮށް ބޭސްފަރުވާ އަށްދާން ބޭނުންވެފައިވާ ކަމަށް ބައިނަލް އަގުވާމީ މީޑިޔާ ތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔަހޫދީން ހަމަ އެކަނި ހުއްދަ ދީފައި ވަނީ ޖުމްލަ ފަސް މީހަކަށެވެ. ހުއްދަ ދިން ފަސް މީހުންވެސް ޔަހޫދީން ވަނީ ބޮޑީ ޗެކުކޮށް ސްކްރީން ކޮށްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާ އާއެކު މަޝްވަރާކުރަން އީރާނުން އަމުރުކޮށްފި!
10 ގަޑިއިރު ކުރިން

އަސްލު ޓީވީ "އަހަރީ ބޮޑު އިނާމު" ގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި
ދުވަހެއް ކުރިން

ސަރުކާރުގެ ރޯދަ ހަދިޔާ: 5 މިނެޓުތެރޭ އަތަށް ލިބޭނެ!
ދުވަހެއް ކުރިން

ކޭޕާކު މައްސަލަ: 4 މިލިއަން ރުފިޔާދޭން ކޯޓުން ހުކުމް ކޮށްފި!
ދުވަހެއް ކުރިން


