
އީރާނުންދޭ ހަމަލާއަކަށް އެމެރިކާގެ ހަތިޔާރު އެޅި ސިފައިން ތައްޔާރުވެއްޖެ

ރިޟްވާން މޫސާ - 06 ފެބްރުއަރީ 2026 - 12:41
އީރާނުން ހަމަލާއެއް ދީފާނެ ކަމުގެ ބިރަށްޓަކައި އެމެރިކާ ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް އެމެރިކާއިން ހާމަކޮށްފި އެވެ.
ބައިނަލް އަގުވާމީ މީޑިޔާ ރިޕޯޓްތަކާއި ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވަނީ އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވާނަމަ، އެކަމަށް ރައްދު ދިނުމުގައި އެއްވެސް ވަރަކަށް ފަސްނުޖެހޭނެ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވާ ކަމަށެވެ.
މީގެ ދެ ދުވަސް ކުރިން އީރާނުގެ އައްސޭރިފަށާ ގާތްގަނޑަކަށް 500 ނޯޓިކަލް މޭލު ކައިރި ސަރަހައްދެއްގައި އެމެރިކާގެ އަސްކަރީ މަނަވަރެއް ކަމަށްވާ ޔޫއެސްއެސް އަބްރަހަމް ލިންކަން ކައިރިއަށް އީރާނުގެ އަސްކަރީ އުޅަދެއް ވަނީ ގާތްވެފަ އެވެ.
ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ސުލްހައިގެ މަޝްވަރާތައް މިއަދު ވަނީ ފަށާފަ އެވެ.
ސުލްހައި މަޝްވަރާތައް މިއަދު ބޭއްވުމަށް ދެގައުމުންވެސް އޮތީ ކުރިން އެއްބަސްވެފަ އެވެ. ނަމަވެސް މީގެ ކުރިން ދެގައުމުގެ ދެމެދުގައި އެއްބަސްވުމެއް ބޭއްވުމަށް ކުރެވިފައިވާ މަސައްކަތްތަކުގައި ދެގައުމުންވެސް ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފަ އެވެ.
އީރާނާއި އެމެރިކާއާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅިގެން ދެ ގައުމުގެ އޮފިޝަލުންގެ މަޝްވަރާ ކުރުން ކުރިއަށްގެންދަނީ އޮމާންގެ ވެރިރަށް، މުސްކަޓްގަ އެވެ.
އީރާނާއި އެމެރިކާއާ ދެމެދު މެދުކެނޑިފައިވާ ނިއުކްލިއާ އެއްބަސްވުމުގެ މަޝްވަރާތައް އަލުން ފެށުމަށް މަގުފަހިކުރުމުގެ ގޮތުން، އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ އޮމާނުގެ ވެރިރަށް މުސްކަޓަށް ވަޑައިގަތީވެސް މިއަދުގަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ގާޒާގެ ރައްޔިތުންނަށް ވަގުތީ އިމާރާތްތަކެއް ތަރައްގީ ކުރަނީ
5 ގަޑިއިރު ކުރިން

ފަލަސްތީނަށް އެހީވާން 100 އަށް ވުރެ ގިނަ އުޅަނދު އެބަ ފޮނުވަން: ގްލޯބަލް ޞުމޫދް ފްލޮޓިއްލާ
5 ގަޑިއިރު ކުރިން

ޕާކިސްތާނުގައި ވަކި ޖަމާއަތް ހަދައިގެން އުޅުނު ހަނގުރާމަވެރިންގެ 216 މީހަކު މަރާލައި ހަނގުރާމަ ހުއްޓުވައިފި
5 ގަޑިއިރު ކުރިން

ރޯދަމަހު މާލެ ސަރަހައްދުން ކުނި ނަގާ ވަގުތު ބަދަލުކުރަނީ
5 ގަޑިއިރު ކުރިން


