logo
ގާޒާގެ ރަފަޙް ހިމެނޭ ސަރަހައްދު: ޔަހޫދީން ވަނީ މުޅި ސަރަހައްދު އެއްކޮށް ސުންނާފަތިކޮށްފަ

ގާޒާގެ ރަފަޙް ހިމެނޭ ސަރަހައްދު: ޔަހޫދީން ވަނީ މުޅި ސަރަހައްދު އެއްކޮށް ސުންނާފަތިކޮށްފަ

ގާޒާގެ ރައްޔިތުންނަށް ވަގުތީ އިމާރާތްތަކެއް ތަރައްގީ ކުރަނީ

profile

ރިޟްވާން މޫސާ - 06 ފެބްރުއަރީ 2026 - 18:09

ގާޒާގެ ގެދޮރު ގެއްލިފައިވާ އެތައް ހާސް ރައްޔިތުންނަށް ވަގުތީ ގޮތުން ދިރިއުޅެވޭނެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީއިން ހުށަހަޅައިފިއެވެ.

https://wamco.com.mv/

“ޔޫއޭއީ ޓެމްޕޮރަރީ އެމިރޭޓްސް ހައުސިންގ ކޮމްޕްލެކްސް” އިމާރާތް ކުރާނީ ޔަހޫދީންގެ ބާރުގެ ދަށުގައި އޮންނަ ގާޒާގެ ރަފަޙްގަ އެވެ.

ރަފްޙް އަކީ ޔަހޫދީން ބޮން އަޅައި އެއްކޮށް ސުންނާފަތި ކޮށްލާފައި އޮންނަ ގާޒާގެ ސަރަހައްދެކެވެ. މީގެ ކުރިން ރަފަޙް ގައި 25000 އަށް ވުރެ ގިނަ މުސްލިމުން ދިރިއުޅެފައިވާއިރު މިހާރު އެ ސަރަހައްދު އޮތީ ހަނަފަސް ސަހަރާއެއްގެ ގޮތުގައި ޔަހޫދީންގެ ބެލުމުގެ ދަށުގަ އެވެ.

މިޞްރާއި ޣައްޒާއާ ގުޅުވައިދޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަފަޙްއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ ރޭވުމެއްގެ ދަށުން ޣައްޒާ އަލުން އާރާސްތުކުރުމުގައި ފުރަތަމަ ބިނާ ކުުރުމަށް ނިންމާފައިވާ ސަރަޙައްދެވެ.

ނަމަވެސް އެ ކަމަށް ޚަރަދު ކުރުމަށް ޤައުމުތަކުން ފަސް ޖެހެއެވެ. އެއީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ހަތިޔާރު ބެހެއްޓުމަށް ދެކޮޅު ހަދާ ނަމަ އަނެއްކާ ވެސް ހަނގުރާމަ ފެށުމުގެ ފުރުޞަތު އޮތުމުންނެވެ.

ޔޫއޭއީގެ މި މަޝްރޫއަށް ގާޒާގެ ރައްޔިތުންގެ ކަންބޮޑުވުން އެބައޮތެވެ. އެއީ ގާޒާގެ މުސްލިމުންގެ އެއްވެސް ބާރެއް ނެތް އަދި ޔަހޫދީންގެ ބާރުގެ ދަށުގައި އޮންނަ ސަރަހަައްދެއްގައި އިމާރާތްތަކެއް ކުރެވި ގާޒާގެ ރައްޔިތުން އެ ސަރަހައްދުތަކަށް ބަދަލުވާން ޖެހިދާނެތީ އެވެ.

ޔޫއޭއީގެ މި މަޝްރޫޢުއާ ގުޅިގެން ޔޫއޭއީއިން ދަނީ އެމެރިކާއާއި، ޓްރަމްޕް އުފައްދަވާފައިވާ ޞުލްޙައިގެ ބޯޑާއި ޣައްޒާ ހިންގުމަށް އެމެރިކާއިން އެކުލަވާލާފައިވާ ކޮމިޓީއާއެކު މަސައްކަތް ކުރަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay