logo
ގާޒާ އަށް އެހީވުމަށް ދަތުރުކުރާ ގްލޯބަލް ޞުމޫދް ފްލޮޓިއްލާގެ އުޅަނދެއް

ގާޒާ އަށް އެހީވުމަށް ދަތުރުކުރާ ގްލޯބަލް ޞުމޫދް ފްލޮޓިއްލާގެ އުޅަނދެއް

ފަލަސްތީނަށް އެހީވާން 100 އަށް ވުރެ ގިނަ އުޅަނދު އެބަ ފޮނުވަން: ގްލޯބަލް ޞުމޫދް ފްލޮޓިއްލާ

profile

ރިޟްވާން މޫސާ - 06 ފެބްރުއަރީ 2026 - 18:08

ފަލަސްތީނުގެ ގާޒާ ގެ ރައްޔިތުންނަށް ބޭނުންވާ ތަކެއްޗާއި އެހީތެރިކަން ފޯރުކޮށްދިނުމަށް 100 އަށް ވުރެ ގިނަ ބޯޓު ފޮނުވަން ތައްޔާރު ވަމުން އަންނަ ކަމަށް "ގްލޯބަލް ޞުމޫދް ފްލޮޓިއްލާ" ޓީމުން ބުނެފި އެވެ.

https://wamco.com.mv/

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ފައުންޑޭޝަނުގައި ބޭއްވި ބައްދަލުވުމެއްގައި ޞުމޫދް ފްލޮޓިއްލާ އިންތިޒާމު ކުރި ފަރާތުން ބުނީ، ކުރިއަށް އޮތް ހަރަކާތުގައި 100ށްވުރެ ގިނަ އުޅަނދު ބައިވެރިވާނެ ކަމަށް އުންމީދު ކުރެވޭ ކަމުގައެވެ.

މިދިޔަ އަހަރުގައިވެސް ޞުމޫދް ފްލޮޓިއްލާ އިން ވަނީ ގާޒާ އަށް ކާބޯތަކެއްޗާއި، އަންނައުނުގެ އިތުރުން ސިއްހީ އެހީތެރިކަމަށް ބޭނުންވާ ތަކެއްޗާއި، މީހުންނާއެކު 40 އުޅަނދު ފޮނުވާފަ އެވެ.

ނަމަވެސް، ޣައްޒާއަށް ފޯރުމުގެ ކުރިން ޔަހޫދީ ސިފައިން ވަނީ އެ ހަރަކާތް ހުއްޓުވައި، އެ އުޅަނދުތަކުގައި ދަތުރު ކުރި 450ށްހާ އެކްޓިވިސްޓުން ހައްޔަރު ކޮށްފައެވެ.

ޞުމޫދް ފްލޮޓިއްލާ އިންތިޒާމު ކުރި ފަރާތުން ބުނީ، އެ ފަދަ އައު ހަރަކާތެއް އިންތިޒާމު ކުރަމުންދާއިރު، ހަރަކާތުގެ އުޅަނދުތަކުގައި 1,000ށްހާ ޞިއްޙީ އެހީތެރިކަން ދަތުރު ކުރާނެ ކަމަށް ބެލެވޭ ކަމުގައެވެ.

ޣައްޒާގެ ސަރަޙައްދީ ރޮނގު އޮތީ ޔަހޫދީންގެ ކޮންޓުރޯލުގައި އޮތް އިރު އެ ސަހަރުގައި ތިބި 2.3 މިލިޔަނެއްހާ މީހުންނަށް ބޭނުންވާ ކާބޯތައްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީން ދަނީ ދެކޮޅު ހަދަމުންނެވެ.

ޔަހޫދީން ގާޒާގެ މާތް ބިމަށް އަތްގަދަކޮށް މުސްލިމުންނާއި ކުޑަކުދިން މަރަމުންދާއިރު މުޅި ގާޒާގެ ބިމުގެ ގާތްގަނޑަކަށް 53 އިންސައްތަ އޮތޯ ޔަހޫދީން އަތްދަށުލާފަ އެވެ.

ގާޒާގެ ރައްޔިތުންނަށް ހަމަލާދިނުމުގައި އެމީހުން ދިރިއުޅޭ އިމާރާތްތައް ސުންނާފަތިކޮށް ވެއްޔަށް ހަދާފައިވާއިރު ގާޒާގެ ނިކަމެތި ރައްޔިތުން މިވަގުތު ދިރިއުޅެން ޖެހިފައި ވަނީ ދަނޑިފަނުން އަޅާފައިވާ ޖިފުޓި ގަނޑުފަދަ ތަންރާގަ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay