
ޕާކިސްތާނުގައި ވަކި ޖަމާއަތް ހަދައިގެން އުޅުނު ހަނގުރާމަވެރިންގެ 216 މީހަކު މަރާލައި ހަނގުރާމަ ހުއްޓުވައިފި

ރިޟްވާން މޫސާ - 06 ފެބްރުއަރީ 2026 - 18:06
ޕާކިސްތާނުގައި ވަކި ޖަމާއަތް ހަދައިގެން އުޅުނު ހަނގުރާމަވެރިންގެ 216 މީހަކު މަރާލައި ހަނގުރާމަ ހުއްޓުވާފައިވާ ކަމަށް އެގައުމުގެ ދާޙިލީ ވުޒާރާއިން ބުނެފި އެވެ.
ވަކި ދައުލަތެއް ގާއިމުކުރަން ކަމަށް ބުނެ ޕާކިސްތާނު ސަރުކާރާއި ދެކޮޅަށް ހަތިޔާރު އެޅި ޖަމާއަތަކުން ޕާކިސްތާނުގެ އަސްކަރިއްޔާ އާ ކުރިމަތިލުން ތަކެއް ފަށާފައި ވަނީ މީގެ ހަފްތާއެެއްހައި ދުވަސް ކުރިންނެވެ.
ޕާކިސްތާނުން ވަކިވެގަނެ، ބަލޯޗިސްތާނުގެ ވަކި ދަޢުލަތެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ޖަމާޢަތުގެ ހަނގުރާމަވެރިންނާ ދެކޮޅަށް، ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ ވަރުގަދަ އަސްކަރީ އޮޕަރޭޝަން ތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
އަސްކަރީ އޮޕަރޭޝަންތައް ފަށާފައި ވަނީ ހަނގުރާމަވެރިން ޕާކިސްތާނުގެ އަސްކަރީ ބައެއް މަރުކަޒުތަކަށް ޙަމަލާދީ، ބޮން ގޮއްވައި، މީހުން ރަހީނުކުރުން އިތުރުކުރުމާ ގުޅިގެންނެވެ.
މިގޮތުން، އާންމުންގެ ގިނަ ސަރަޙައްދުތައް ކަމަށްވާ، ބޭންކުތަކާއި މާރުކޭޓުތަކަށް ވެސް ހަނގުރާމަވެރިން ވަނީ ހަތިޔާރާއެކު ވަދެ، ޙަމަލާ ދީފައެވެ. އެ ޙަމަލާތަކުގައި ޕާކިސްތާނުގެ އަސްކަރިއްޔާ އާއި ބީއެލްއޭގެ ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގައިފައެވެ.
މި ކުރިމަތިލުންތަކުގައި ޕާކިސްތާނުގެ ސިފައިންގެ 22 މީހުންނާއި، އާންމުންގެ 36 މީހުން މަރުވެފައިވާއިރު ހަނގުރާމަވެރިންގެ 216 މީހުން ވަނީ މަރާލައިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގާޒާގެ ރައްޔިތުންނަށް ވަގުތީ އިމާރާތްތަކެއް ތަރައްގީ ކުރަނީ
5 ގަޑިއިރު ކުރިން

ފަލަސްތީނަށް އެހީވާން 100 އަށް ވުރެ ގިނަ އުޅަނދު އެބަ ފޮނުވަން: ގްލޯބަލް ޞުމޫދް ފްލޮޓިއްލާ
5 ގަޑިއިރު ކުރިން

ރޯދަމަހު މާލެ ސަރަހައްދުން ކުނި ނަގާ ވަގުތު ބަދަލުކުރަނީ
5 ގަޑިއިރު ކުރިން

އީރާނުންދޭ ހަމަލާއަކަށް އެމެރިކާގެ ހަތިޔާރު އެޅި ސިފައިން ތައްޔާރުވެއްޖެ
10 ގަޑިއިރު ކުރިން


