
ރޯދަމަހު މާލެ ސަރަހައްދުން ކުނި ނަގާ ވަގުތު ބަދަލުކުރަނީ

ރިޟްވާން މޫސާ - 06 ފެބްރުއަރީ 2026 - 18:03
ރަމަޝޯން މަހުގައި މާލެ ސަރަހައްދުން ކުނި ނަގާ ވަތުތައް ބަދަލު ގެނައުމަށް ނިންމާފައި ވާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ބުނެފި އެވެ.
ވެމްކޯއިން ނިންމާފައި ވަނީ މިހިނގާ ފެބްރުއަރީމަހުގެ 8 ވަނަ ދުވަހުން ފެށިގެން މާލެއާއި ހުޅުމާލޭގައި ގޭބިސީތަކުން ކުނި ނަގާ ވަގުތުތަކަށް ބަދަލު ގެނެއުމަށެވެ. އަދި ވިލިމާލޭގައި ކުނިނަގާ ވަގުތަށް ބަދަލު ގެންނަނީ މުލަ ރޯދަދުވަހުން ފެށިގެންނެވެ.
މި ބަދަލު ގެނެސްފައި ވަނީ ގްރޭޓަރ މާލޭ ސަރަހައްދުގައި ހިމެނޭ، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ގޭބިސީތަކުން އެކަނި އެވެ.
ވެމްކޯއިން ބުނީ، މާލޭގައި 8 ފެބްރުއަރީން ފެށިގެން 6 ރޯދަ ނިމެންދެން، ގޭބިސީތަކުން ކުނިނަގާނީ ރޭގަނޑު 8:30 އިން ފެށިގެން މެންދަމު 2:00އާ ދޭތެރޭގައި ކަމަށެވެ. އަދި ހުޅުމާލޭގައި 8 ފެބްރުއަރީން ފެށިގެން 6 ރޯދަ ނިމެންދެން، ގޭބިސީތަކުން ކުނިނަގާނީ ރޭގަނޑު 9:00 އިން ފެށިގެން މެންދަމު 2:30އާ ދޭތެރޭގައި ކަމަށެވެ.
މީގެ އިތުރުން ވިލިމާލޭގައި މުލަރޯދައިން ފެށިގެން 6 ރޯދަ ނިމެންދެން، ގޭބިސީތަކުން ކުނިނަގާނީ ރޭގަނޑު 9:00 އިން ފެށިގެން މެންދަމު 1:00އާ ދޭތެރޭގައި ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ގާޒާގެ ރައްޔިތުންނަށް ވަގުތީ އިމާރާތްތަކެއް ތަރައްގީ ކުރަނީ
5 ގަޑިއިރު ކުރިން

ފަލަސްތީނަށް އެހީވާން 100 އަށް ވުރެ ގިނަ އުޅަނދު އެބަ ފޮނުވަން: ގްލޯބަލް ޞުމޫދް ފްލޮޓިއްލާ
5 ގަޑިއިރު ކުރިން

ޕާކިސްތާނުގައި ވަކި ޖަމާއަތް ހަދައިގެން އުޅުނު ހަނގުރާމަވެރިންގެ 216 މީހަކު މަރާލައި ހަނގުރާމަ ހުއްޓުވައިފި
5 ގަޑިއިރު ކުރިން

އީރާނުންދޭ ހަމަލާއަކަށް އެމެރިކާގެ ހަތިޔާރު އެޅި ސިފައިން ތައްޔާރުވެއްޖެ
10 ގަޑިއިރު ކުރިން


