logo
ފަތުރުވެރިން

ފަތުރުވެރިން

މިހާތަނަށް ރާއްޖެއަށް 827 ހާހަށްވުރެ ގިނަ ފަތުރުވެރިން އައިސްފި

profile

މުޙައްމަދު ފަޟްލޫން - 07 މޭ 2026 - 05:55

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 827،245 އަށް އަރާފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްް 827،245 ފަތުރުވެރިން އައިސްފައިވެއެވެ.

https://wamco.com.mv/

މިއީ މިދިޔަ އަހަރާއި އަޅާ ކިޔާއިރު، 5.3 އިންސައްތައިގެ ދަށްވުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 873،772 ފަތުރުވެރިންނެވެ.
މިހާރު ދުވާލަކު ރާއްޖެ އަންނަނީ 6618 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 25،809 ފަތުރުވެރިން އައިސްފައިވެއެވެ.

މި އަހަރުގެ މިހާތަަނަށް ވިޔަފާރިގެ ބޭނުމަށް 6259 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

އަދި ކްރޫޒް ލައިނާގައި ރާއްޖެއަށް 13،808 ފަސެންޖަރުން އައިސްފައިވެއެވެ.
އެ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނަ ފަތުރުވެރިން އައި ޗައިނާއިން ރާއްޖެއަށް 124،722 ފަތުރުވެރިން އައިސްފައިވެއެވެ.

ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު ކަމަށްވާއިރު، އެ ގައުމަކީ މިދިޔަ އަހަރުވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެކެވެ. ލިސްޓުގެ ދެވަނައިގައި އޮތް ރަޝިޔާއިން ރާއްޖެއަށް އައިސްފައި ވަނީ 106،720 ފަތުރުވެރިންނެވެ.

އެ ލިސްޓުގެ ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 73،140 ފަތުރުވެރިން އައިސްފައިވެއެވެ.
ރާއްްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އެތެރެ ވަނީ ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުންނެވެ.

އެ އެއާޕޯޓުން މިހާތަނަށް 803،028 ފަތުރުވެރިން އެތެރެވެފައިވާއިރު، 3354 ފަތުރުވެރިންނާއެކު ދެވަނަައަށް އެންމެ ގިނައިން ފަތުރުވެރިން އެތެރެވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އެތެރެވެފައިވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ.

ވަކިވަކި ގައުމުތަކަށް ބަލާއިރު، ޗައިނާ އަދިވެސް އޮތީ މާކެޓުގެ އެއްވަނައިގައެވެ. މީގެ އިތުރުން، ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުވަމުންދާކަންވެސް ފާހަގަކުރެވެއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމެވެ.

މި އަމާޒަށް ވާސިލްވުމަށްޓަކައި ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި އެމް.އެމް.ޕީ.އާރު.ސީ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތްތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ބައިނަލްއަގުވާމީ ފެއަރތަކުގައި ބައިވެރިވުމާއި، މަގުބޫލު މީޑިއާތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުން ހިމެނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk