logo
ފިޔޯރީ ވޯޓު ފޮށި އެއްލާލައި ހަމަނުޖެހުން ހިނގި މީހާ އެތަނުން ބޭރުކުރަނީ:

ފިޔޯރީ ވޯޓު ފޮށި އެއްލާލައި ހަމަނުޖެހުން ހިނގި މީހާ އެތަނުން ބޭރުކުރަނީ:

މީހަކު ވަދެ ފިޔޯރީގެ ވޯޓުފޮށި ފަޅާލައިފި!

profile

ރިޟްވާން މޫސާ - 12 ޖޫން 2026 - 12:26

މިއަދު ބާއްވަމުން އަންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ގދ. ފިޔޯރީގައި ހުރި ވޯޓް މަރުކަޒަށް މީހަކު ވަދެ އެތަނުގައި ހުރި ވޯޓު ފޮށި ފަޅާލާ އެއްލާލައިފިއެވެ.

https://wamco.com.mv/

ފިޔޯރީގައި މި ހަމަނުޖެހުން ހިނގާފައި ވަނީ ފިރިހެނެކެވެ. ނަމަވެސް އެއީ އެރަށަށް ނިސްބަތްވާ މީހެއްކަން ނުވަތަ ނޫންކަން ސާފެއް ނުވެ އެވެ.

އެނގިފއިވާ ގޮތުގައި ވޯޓް ފޮށި އެއްލާލާ އެ ފޮށި ފަޅާލީ މީހަކީ ރަސްމީ ފާހެއް ނެތި ވޯޓްލާ މަރުކަޒަށް ވަދެ އުޅުނު މީހެކެވެ.

އެނގިފައިވާ ގޮތުގައި އެމީހާ އެތަނުގައި ހަމަނުޖެހުން ހިންގައި ވޯޓު ލިޔަ ނުދިމަށްޓަކައި މަސައްކަތް ކުރުމަށްފަހު ވޯޓު ފޮށި އެއްލާލާފައިވަނީ އޭނާއަކީ ކެންޑިޑޭޓުގެ މަންދޫބެއްކަމަށް ބުނެ އެވެ.

އެހެން ނަމަވެސް އެތަނުގައި އެވަގުތު ތިބި މީހުން ވަނީ ހަމަނުޖެހުން ހިންގިޔަ ނުދީ އެމީހާ ވަގުތުން އެތަނުން ބޭރުކޮށްފަ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި 50،176 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk