
އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ވޯޓްލުން ފަށައިފި

މުޙައްމަދު ފަޟްލޫން - 12 ޖޫން 2026 - 10:23
އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
މިއަދު މެންދުރުފަހު 2:30 ގައި ވޯޓުލުން ފަށާފައިވާއިރު، ކުރިން ތާވަލުކޮށްފައި އޮތީ މިރޭ 8:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިއުމަށެވެ.
ނަމަވެސް، އެ ޕާޓީން ފަހުން ވަނީ ވޯޓުލުމުގެ ވަގުތު މިރޭ 8:30 އާ ހަމައަށް އިތުރުކޮށްފައެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ މިއަހަރުގެ އެޕްރީލް 22 ގެ ނިޔަލަށް އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށެވެ.
އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމް ހުސްވީ ކުރިން އެ މަގާމު އަދާކުރެއްވި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

ފޭސްބުކް، އަދި އިންޓަރގްރާމް، ޑައުންވެއްޖެ
ގަޑިއިރެއް ކުރިން

ނިލަންދޫ ކަތީބު ދޮންބެ އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ގަޑިއިރެއް ކުރިން

ރާއްޖެ އާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
3 ގަޑިއިރު ކުރިން

މީހަކު ވަދެ ފިޔޯރީގެ ވޯޓުފޮށި ފަޅާލައިފި!
3 ގަޑިއިރު ކުރިން


.gif&w=3840&q=75)