logo

ރާއްޖެ އާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

profile

ރިޟްވާން މޫސާ - 12 ޖޫން 2026 - 12:26

ދިވެހިރާއްޖެ އާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަޠީފް މަޝްވަރާ ކުރައްވައިފި އެވެ.

https://wamco.com.mv/

މިބައްދަލުކުރެއްވުން އޮތީ، ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. އެކަމަނާ ނައިބު ރައީސްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވަނީ ރާއްޖެއާ، ޖަޕާނާ ދެމެދުގައިވާ ޒަމާންވީ، ބަދަހި ގުޅުން ކުރިޔަށް އޮތްތާނގައިވެސް އެގޮތުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ދެގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރެވުނުތާ 60އަހަރު ފުރުން، ކުރިޔަށް އޮތް އަހަރު ފާހަގަ ކުރުމަށް ތައްޔާރުވަމުން ދާއިރު، ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރެއްވިދާނެ ދާއިރާތަކާ ބެހޭގޮތުން ވެސް، ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

މީގެ އިތުރުން ޖަޕާނު ސަރުކާރުން ރާއްޖެއަށް، ދެއްވަމުން ގެންދަވާ އެހީތެރިކަން ޝުކުރުވެރި ކަމާއެކު ފާހަގަ ކުރައްވަމުން، މީހުން ބިނާކުރުމާ، އުމުރާނީ ތަރައްގީ އާއި ތައުލީމާ، ކުޅިވަރު ކުރިއެރުވުމާ، މޫސުމަށް އަންނަ ބަދަލުތަކާ، ކާރިސާ މެނޭޖްކުރުމުގެ އިތުރުން އިޖުތިމާއީ ގުޅުންތައް ތަރައްގީ ކުރުމުގެ ދާއިރާއިން ދެއްވަމުން ގެންދަވާ އެހީތެރިކަން ޚާއްސަ ގޮތެއްގައި ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk