
އަލުން ޙަމަލާ ބަދަލުކުރަން ފެށުމާ ގުޅިގެން ޤައުމުތަކުން ކަންބޮޑުވުން ފާޅުކުރަނީ

އާމިނަތު ޝަޒްލާ - 12 ޖޫން 2026 - 10:58
އީރާނާއި އެމެރިކާއާ ދެމެދު އަލުން ހަމަލާތައް ބަދަލުކުރަން ފެށުމާ ގުޅިގެން، ހަނގުރާމަ ހުއްޓާލައި މަޝްވަރާގެ މޭޒަށް އެނބުރި އައުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ގޮވާލައިފިއެވެ.
މި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްލަހަތު އިތުރަށް ގޯސްވެ، ސަރަހައްދީ ހަމަޖެހުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ގައުމުތަކުން ފާހަގަކުރާ ގޮތުގައި، އަސްކަރީ ފިޔަވަޅުތައް ކުރިއަށްގެންދާ ނަމަ މުޅި ސަރަހައްދުގެ ސުލްހަ އާއި އަމާންކަން ގެއްލި، ދުނިޔޭގެ އިގްތިސާދަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެއެވެ.
ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހަކާން ފިޑާން ވިދާޅުވީ، މި ހަމަލާތަކުގެ ސަބަބުން ހަމަނުޖެހުންތައް މުޅި ސަރަހައްދަށް ފެތުރިގެން ދިއުމުގެ ބިރު އޮތް ކަމަށާއި، ދެ ގައުމުން ވެސް ކެތްތެރިކަން އިސްކުރަންޖެހޭ ކަމަށެވެ. ހަމައެފަދައިން، ޗައިނާއިން ވެސް ވަނީ މި ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، ގައުމުތަކުގެ އިސްތިގުލާލަށް އިހުތިރާމްކޮށް މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމަށް ބާރުއަޅާފައެވެ. މީގެ އިތުރުން، މީގެ ކުރިން ދެ ގައުމުގެ މެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނުން ވެސް ވަނީ ސުލްހަވެރި ހައްލެއް ހޯދުމަށް އިލްތިމާސްކޮށްފައެވެ.
ރަޝިޔާއިން ފާހަގަކުރި ގޮތުގައި މި ހަމަލާތަކުގެ ނޭދެވޭ އަސަރު ބައިނަލްއަގުވާމީ އިގްތިސާދަށާއި މެދުއިރުމަތީގެ ހަމަޖެހުމަށް ދަނީ ކުރަމުންނެވެ. އެހެންކަމުން، މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެ ގައުމުން ބުނެފައިވެއެވެ.
މި ދަނޑިވަޅުގައި އިންޑިއާއިން ވެސް ވަނީ އެ ގައުމުގެ ކަންބޮޑުވުންތައް ހާމަކޮށްފައެވެ. ފާއިތުވި ހަފުތާގައި އެމެރިކާއިން ދިން ހަމަލާތަކެއްގައި އިންޑިއާގެ ތިން ރައްޔިތަކު މަރުވުމާ ގުޅިގެން، ޝިޕިން ދާއިރާއަށް އަމާޒުކޮށްދޭ ހަމަލާތައް ހުއްޓާލުމަށް އިންޑިއާއިން ވަނީ ގޮވާލާފައެވެ. އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވަލް ވިދާޅުވީ، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ވީހާވެސް އަވަހަކަށް މަޝްވަރާތައް ފަށަންޖެހޭ ކަމަށެވެ. މި މައްސަލައިގައި އިހުތިޖާޖު ކުރުމުގެ ގޮތުން އިންޑިއާގައި ހުންނަވާ އެމެރިކާގެ ސަފީރު ވެސް ވަނީ އެ ގައުމުގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފޭސްބުކް، އަދި އިންޓަރގްރާމް، ޑައުންވެއްޖެ
3 ގަޑިއިރު ކުރިން

ނިލަންދޫ ކަތީބު ދޮންބެ އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
3 ގަޑިއިރު ކުރިން

ރާއްޖެ އާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
5 ގަޑިއިރު ކުރިން

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)