logo

ނިލަންދޫ ކަތީބު ދޮންބެ އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

profile

އާމިނަތު ޝަޒްލާ - 12 ޖޫން 2026 - 14:02

ފ. ނިލަންދޫއަށް ބޮޑެތި ޚިދުމަތްތަކެއް ދިގު މުއްދަތެއްގައި ކޮށްދެއްވައިފައިވާ، އެ ރަށު، އަތިރީގޭ އަޙްމަދު މޫސާ (ކަތީބު ދޮންބެ) އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމުހޫރިއްުޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް ތައުޒިޔާ ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ކަތީބު ދޮންބެއަކީ ފ. ނިލަންދޫއަށް ބޮޑެތި ޚިދުމަތްތަކެއް ދިގު މުއްދަތެއްގައި ކޮށްދެއްވައިފައިވާ ބޭފުޅެއް ކަމަށާއި، އަދި ދަނޑުވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު 1992 ވަނަ އަހަރު ހާސިލުކުރައްވައިފައިވާ ބޭފުޅެއް ކަމަށެވެ.

ކަތީބު ދޮންބެ އަވަހާރަ ވެފައިވަނީ ޢުމުރުފުޅުން 100 އަހަރުގައެވެ. ރައީސް ވިދާޅުވީ ކަތީބު ދޮންބެ އަވަހާރަވުމަކީ، ބޮޑު ހިތާމައަކާއި ފުންއަސަރުތަކެއް އިޙްސާސްވި ޚަބަރެއް ކަމަށެވެ.

ނިލަންދޫގެ ކަތީބުކަމުގައި އެ ރަށަށް ކަތީބު ދޮންބެ ކޮށްދެއްވި އަގުހުރި ޚިދުމަތްތަކާއި އެ މަރްހޫމުގެ އަމާނާތްތެރިކަމާއި ހިތްޕުޅު ހެޔޮކަމާއި އެތައް މަސައްކަތެއް ކުރެއްވުމުގެ ހުނަރާއި މުރާލި އަދި ހަރުދަނާ ޝަޚްޞިއްޔަތަކީ މުޅި ދިވެހިރާއްޖެއަށް ރީތި ނަމޫނާއެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އުފަން ދަރީންނާއި ކާފަ އަދި މުނިކާފަ ދަރީންގެ ތެރޭގައިވެސް ވަރަށް ތަޢުލީމީ ޤާބިލް އެތައް ޚިދުމަތްތެރީންނެއް ތިއްބެވިކަމީ ޙަޔާތުގައި ލިބިވަޑައިގަތް ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އިޚުލާޞްތެރި ތަޢުޒިޔާ، މަރްޙޫމް އަޙްމަދު މޫސާގެ ލޮބުވެތި ޢާއިލާއަށް އަދި ފ.ނިލަންދޫގެ ހުރިހާ ރައްޔިތުންނަށް ދަންނަވާ ކަމަށެވެ. މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރްޙޫމް ލަހައްޓެވުމަށް ރައީސް ވަނީ ދުއާ ކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk