
ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް މީޑިޔާތަކަށް އިންޓަރވިއު ދެއްވަނީ
2028 ގެ ވެރިކަމަށް ވާދަ ކުރަން އަދި ނުނިންމަން: ސޯލިޙް

ރިޟްވާން މޫސާ - 12 ޖޫން 2026 - 12:14
ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވާދަކުރައްވަން އަދި ނުނިންމަވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެޭގެ އިންތިޙާބުގައި މިއަދު ބާއްވަމުން އަންނަ ޗެއާޕާސަން އިންތިޙާބުގެ ވޯޓު ލެއްވުމަށް އަމީނިއްޔާ ސްކޫލަށް ވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މަުއލޫމާތުދެއް ވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވީ 2028 ވަނަ އަހަރުގެ ވެރިކަމަށް ވަޑައިގަތުމަށް އަދި އެމަނިކުފާނު ގޮތް ނުނިންމަވާ ކަމަށެވެ.
ރައީސް ސޯލިޙް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމުގައި މިއަދު ވޯޓުލަމުންދާއިރު މި މަމަގާމަށް ކޮންމެ ބޭފުޅަކު ހޮވުނު ކަމުގައި ވިނަމަވެސް އެމަނިކުފާނު އެ ބޭފުޅަކަށް ފުރިހަމަ އިހްތިރާމް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެބޭފުޅެއްގެ ފަހަތުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
ސިޔާސީ ޕާޓީތަކުން ރިޔާސީ ރޭހުގައި ނެރެނީ އެންމެ ކެންޑިޑޭޓެއްކަން ފާހަގަކުރައްވަމުން ރައީސް ސޯލިޙް ވިދާޅުވީ ޕާޓީގެ ފަރާތުން ރިޔާސީ ރޭހުގައި ކޮންމެވެސް ބޭފުޅެއް ނުކުންނަވާނެ ކަމަށާއި، ކުރިއަށް އޮތީ އެމްޑީޕީގެ ވެރިކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޙާބުގައި ރައީސް ސޯލިޙް ތާއީދު ކުރައްވަނީ މީކާއީލް އަޙްމަދު ނަސީމަށެވެ. ދެން ވާދަ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް މުހައްމަދު ނަޝީދުގެ ފަހަތުގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެވެ.
ވާދަވެރި ކެމްޕެއިނެއް ނިމުނުކަން ފާހަގަކުރައްވަމުން އެކިއެކި ބޭފުޅުން ދެއްކެވި ވާހަކަތަކަށް ވެސް އިޝާރާތް ކުރައްވައި ރައީސް ސޯލިޙް ވިދާޅުވީ އެމަނިކުފާނާއި ރައީސް ނަޝީދާއިމެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެކުގައި މަސައްކަތް ކުރެއްވޭނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މީހަކު ވަދެ ފިޔޯރީގެ ވޯޓުފޮށި ފަޅާލައިފި!
ގަޑިއިރެއް ކުރިން
ވަގަށް ނެގި ތަކެތި ވަލުތެރެއިން ހޯދައި މީހަކު ހައްޔަރުކޮށްފި!
2 ގަޑިއިރު ކުރިން

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ވޯޓްލުން ފަށައިފި
3 ގަޑިއިރު ކުރިން

ވޭވަށުގެ ކައުންސިލްގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓަށް ދިނުމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފި!
3 ގަޑިއިރު ކުރިން


.gif&w=3840&q=75)