logo

ވޭވަށުގެ ކައުންސިލްގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓަށް ދިނުމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފި!

profile

ރިޟްވާން މޫސާ - 12 ޖޫން 2026 - 10:22

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޙާބުގައި މ.ވޭވަށު ކައުންސިލްގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓަށް ނުލިބޭ ގޮތަށް ހައިކޯޓުން ކުރި ހުކުމް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ބާތިލް ކޮށްފި އެވެ.

https://wamco.com.mv/

ސްޕްރީމް ކޯޓުގެ މި ނިންމުމުގައި ބުނެފައި ވަނީ މ. ވޭވަށު ކައުންސިލްގެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ވޯޓާ ގުޅިގެން ހައިކޯޓުން ނިންމި ނިންމުމަކީ މުޅި އިންތިޚާބީ ނިޒާމުގެ އަސާސްތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ނިންމުމެއް ކަމަށެވެ.

މި މައްސަލައިގައި ހިލާފު އުފެދިފައިވަނީ ބާތިލު ވޯޓު ކަނޑައެޅުމުގައި ކަމަށްވާއިރު، އީސީން އަލުން ވޯޓު ގުނި މާލަމުގައި އެ ވޯޓުތައް ސައްޙަކަމަށް ކަނޑައަޅާފައިވަނީ ކިހިނެއްކަން ސާފުކޮށް ކިޔާދީފައިވެ އެވެ. އެގޮތުން ވޯޓު ކަރުދާހުގައި ފާހަގަވެފައި ހުރީ ކުރެހުމެއް ނޫނެވެ.

އެއީ ވޯޓު ކަރުދާސް ޕްރިންޓު ކުރުމުގައި ދެލި ފޭދިފައިވާ ކަރުދާސްކަމަށްވާތީ އީސީން ވަނީ އެ ކަރުދާސްތައް ސައްޙަކަމަށް ބަލައިގެންފައެވެ. އެއީ އެމްޑީޕީ ކެންޑިޑޭޓަށް ލިބިފައިވާ 3 ވޯޓުގެ ވޯޓު ކަރުދާހެކެވެ.

އެހެންނަމަވެސް ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ އެމްޑީޕީއަށް ލިބިފައިވާ 3 ވޯޓު ބާތިލު ކުރުމަށެވެ. އެހެންކަމުން އެމްޑީޕީގެ ކެންޑިޑޭޓު އަހުސަން ނައީމް ކުރި ހޯދާފައިވަނިކޮށް، ޕީއެންސީގެ ކެންޑިޑޭޓު މުޙައްމަދު ނަޒީހު މޮޅުވުމަށް މަގުފަހިވެގެންދިޔައީ އެވެ. އެހެންވެ އެމްޑީޕީގެ ކެންޑިޑޭޓުން މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ހުކުމް ކުރައްވަމުން ވިދާޅުވެލެއްވެވީ އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަ ފަދަ ނިންމުމެއް ފަނޑިޔާރު ނިންމަވާއިރު، ރިއާޔަތްކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އެހެންނަމަވެސް ހައިކޯޓުން ގޮތް ނިންމާފައިވަނީ އެ ޤާނޫނީ ނައްސުތަކާއި، ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކާވެސް ޚިލާފަށްކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.

މީގެ އިތުރުން، ވޯޓު ކަރުދާހުގައި ޗާޕުދެލި ހުންނަ ކޮންމެ ކަރުދާހަކީ ބާތިލު ވޯޓެއްކަމަށް ނިންމާނަމަ، އިންތިޚާބުގެ ނިޒާމަށް ގެއްލުންވެ، އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް ޤަބޫލު ކުރެވޭކަމަށްވެސް ފަނޑިޔާރުން ވިދާޅުވި އެވެ.

އިންތިޚާބީ މައްސަލަތަކުގައި ކޯޓުތަކުން ނިންމާ ނިންމުންތަކަކީ މުސްތަޤުބަލުގައި ބޭއްވޭ އިންތިޚާބުތަކަށް އޭގެ ނަތީޖާ ފޯރާނެ ކަންކަން ކަމަށްވާތީ، މި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާ ގޮތަކީ ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ވަރަށް މުހިންމު ނިންމުމަކަށް ވެގެންދާނެކަން އިލެކްޝަންސް ކޮމިޝަނުންވެސް ކޯޓުގައި ފާހަގަކޮށްފައިވެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk