logo

ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން: ޚުޠުބާ

profile

އާމިނަތު ޝަޒްލާ - 12 ޖޫން 2026 - 08:36

ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

https://wamco.com.mv/

މިއަދުގެ ޚުތުބާގެ މައުލޫއަކީ " "ހިޖުރައިގެ ޢިބުރަތްތަކުގެ ތެރެއިން" މިއެވެ.

ހުކުރު ޚުޠުބާގައި ބުނީ އެންމެ ފުރަތަމަ ހިޖުރައިގެ މާނައަށް ވިސްނާ އިރު ޚިޔާލަށް އަންނަ މާނައަކީ ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށްދިއުންކަމަށެވެ. ނަމަވެސް އެއަށް ވުރެ މާފުޅާ މާނައެއް ހިޖުރައިގައިވާކަމަށެވެ. ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.

ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު ޢިބުރަތްތަކަކާއި ދަރުސްތަކެއްވެއެވެ. ހިޖުރައިން ލިބޭ އަގުހުރި އެއްފިލާވަޅަކީ ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅުކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައިވުން ކަމަށެވެ. އަދި ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ޘާބިތުކަމާ އެކު ދެމިތިބޭނޭ ކަމުގެ ފިލާވަޅުކަމަށް ހުކުރު ޚުޠުބާގައިވަނީ ބުނެފައެވެ.

ހިޖުރައިގެ މާނަތަކުގެ ތެރޭގައި މާތް اللهގެ މަގަށް ކުރެވޭ ހިތުގެ ހިޖުރަ ވެސް ހިމެނޭކަމަށް ޢިލްމުވެރީން ވިދާޅުވެފައިވެއެވެ. އެންމެ މުހިންމު ކަމަކީ ސިއްރާއި ފާޅުގައި އެކަލާނގެއަށް ހިތްނިޔަތް ޚާލިޞްކުރުން ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ބުނީ ހިޖުރައިގެ ޒިކުރާ، ގުޅިފައިވަނީ މާތް ނަބިއްޔާ މައްކާއިން މަދީނާ އަށް ވަޑައިގެންނެވި މަތިވެރި ޙާދިޘާއަށް ކަމަށެވެ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ޙާދިޘާ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk