ވަގަށް ނަގާފައިވާ ތަކެތި ވާދޫ ވަލުތެރެއިން ފުލުހުން ހޯދާފައި
ވަގަށް ނެގި ތަކެތި ވަލުތެރެއިން ހޯދައި މީހަކު ހައްޔަރުކޮށްފި!

ރިޟްވާން މޫސާ - 12 ޖޫން 2026 - 11:53
ގދ ވާދޫގައި ވައްކަމުގެ ބޮޑު މައްސަލައެއްގައި ފުލުހުން އެރަށަށް އަރައި ހިންގި ބޮޑު ތަހުގީގެއްގައި ވަގަށް ނަގާފައިވާ ތަކެތި އެރަށުގެ ވަލުތެރެއިން ހޯދައި ތުހުމަތު ގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މި މައްސައިގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނެކެވެ. ނަމަވެސް ފުލުހުން އެ މީހާގެ ވަނަވަރެއް އަދި މިހާތަނަކަށް ހާމަކޮށްފަ އެެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ވެސް އެ ރަށަށް ނިސްބަތްވާ މީހެކެވެ.
ވާދޫ ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަނުގައި ރަށުގެ އެކި ސަރަހައްދުތަކާއި ވަލުތެރެ އަދި ފަޅުގެތައް ބަލައި ފާސްކޮށްފައިވެއެވެ. އެ ގޮތުން ވަލުތެރޭގައި ފޮރުވާފައި ހުރި ތަކެތީގެ ތެރޭގައި 600 ވޯޓުގެ ފްލަޑް ލައިޓާއި ކަރަންޓު ކޭބަލާއި ސާކިޓް ބްރޭކަރާއި ބޮއްކާއި ސޮކެޓާއި އިލެކްޓްރިކް ސާމާނު ހިމެނެއެވެ.
މި ތަކެތި ފުލުހުން ހޯދާފައި ވަނީ ދަބަހަކަށް އަޅައި ފޮރުވާފައި ހުއްޓަ އެވެ. ފޮރުވާފައިވާ ބައެއް ތަކެތީގެ ތެރޭގައި ކޮންސްޓްރަކްޝަންގެ ދާއިރާގެ މަސައްކަތްތަކަކަށް ބޭނުން ކުރާ އަގުބޮޑު ބައެއް ކަހަލަ ޓޫލްސްތައްވެސް ހުއްޓެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި ފިރިހެންމީހާ 60 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަތައް ވާދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ދާދި ފަހަކުން ފުލުހުން ވަނީ ވާދޫގައި މަސްތުވާ ތަކެތީގެ ބޮޑު އޮޕަރޭޝަނެއް ވެސް ހިންގާފަ އެވެ. މި އޮޕަރޭޝަނުގައި ވާދޫގެ ފެނަކަ ބްރާންޗާއި، ދެ ގެއެއް ބަލައި ފާސްކުރުމަށް އޭރު ބަންދުކޮށްފައިވެސް ވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

މީހަކު ވަދެ ފިޔޯރީގެ ވޯޓުފޮށި ފަޅާލައިފި!
2 ގަޑިއިރު ކުރިން

2028 ގެ ވެރިކަމަށް ވާދަ ކުރަން އަދި ނުނިންމަން: ސޯލިޙް
2 ގަޑިއިރު ކުރިން

ވޭވަށުގެ ކައުންސިލްގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓަށް ދިނުމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފި!
4 ގަޑިއިރު ކުރިން

ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން: ޚުޠުބާ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)