
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ: މެޓް އޮފީސް

އާމިނަތު ޝަޒްލާ - 16 މޭ 2026 - 08:19
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުންގޯސްވާނެކަމަށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ. މެޓު އޮފީހުން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުންގޯސްވާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
ކުރިއަށްއޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައިވާއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް ވެސް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައިކަމަށާއި، އަދި އެކި ހިސާބުތަކަށް ވާރޭވެހޭއިރު، އިއްޔެއާ ޚިލާފަށް ވިލާގަނޑުގައި ވައި ހިފަހައްޓާ މިންވަރު ތަފާތުވެދާނެ ކަމަށާއި، ބައެއް ވަގުތުތަކުގައި ވައިގެ މިންވަރު ދަށްވެ މަތިވުން އެކަށީގެންވާ ކަމަށްވެސް މެޓު އޮފީހުން ވަނީ ހާމަކޮށްފައެވެ.
ކަނޑު ދަތުރުތައް ކުރުމުގައި ސަމާލުވުމަށާއި އަދި ބޯކޮށް ވާރެވެހުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް މެޓު އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި މަގޫދޫއިން ދެމީހަކު ހައްޔަރުކޮށްފި
3 ގަޑިއިރު ކުރިން

ޞައްޙަ ވޯކް ޕާމިޓާއެކު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދެލައްކައަށްވުރެއް މައްޗަށް
3 ގަޑިއިރު ކުރިން

ހިންނަވަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ތިންމީހުން ހައްޔަރަށް
4 ގަޑިއިރު ކުރިން

ހިޔާލުތަފާތުވުންތައް އެއްކައިރިކޮށް، ތިން ރައީސްުން ވެސް ތިއްބެވީ ނޫސްވެރިންނާއި އެކު
15 ގަޑިއިރު ކުރިން


.gif&w=3840&q=75)