logo

މަސްތުވާތަކެތީގެ މައްސަލައެއްގައި މަގޫދޫއިން ދެމީހަކު ހައްޔަރުކޮށްފި

profile

އާމިނަތު ޝަޒްލާ - 16 މޭ 2026 - 06:57

މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. މަގޫދޫއިން ދެމީހަކު ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ މާލެއިން ނ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުުޅިގެން ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ހ. ދިޔަދޫ، މާލެ، އުމުރުން 21 އަހަރުގެ މުޙައްމަދު ނަޞޫޙް ނާޡިމް އާއި ގ. ސީވޭވް، މާލެ، އުމުރުން 25 އަހަރުގެ މުޙައްމަދު ތިބްޔާން ޝަހީންއެވެ.

މި މެއި މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، އެ ދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވަނީ މަގޫދޫ ގެސްޓުހައުސް އެއްގައި ހުއްޓައެވެ. އަނެއް މީހާ ހައްޔަރުކޮށްފައި ވަނީ މަގޫދޫ މަގުމަތިންނެވެ. އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ހަތަރު ރަބަރު ޕެކެޓާއި 553 ކުޑަ ރަބަރު ޕެެކެޓު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 48 ގުރާމެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިުރުކުރުމުން މުޙައްމަދު ނަޞޫޙް ނާޡިމް ފަސްދުވަހަށް އަދި މުޙައްމަދު ތިބްޔާން ޝަހީން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި އޮޕަރޭޝަން ހިންގާފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ސްޓޭޝަނާއި މަގުދޫ ޕޮލިސް ޕޯސްޓާއި މިލަދޫ ޕޮލިސް ޕޯސްޓު ގުޅިގެންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk