logo

އިސްލާމިކް ރިފައިނޭންސިންގ އޯޕަންޑޭ ކާމިޔާބުކަމާއެކު ނިންމާލައިފި

profile

އާމިނަތު ޝަޒްލާ - 19 ސެޕްޓެމްބަރު 2026 - 14:26

އެސްއެމްއީ ޑިޖިޓަލް އިން ކުރިއަށްގެންދާ އިސްލާމިކް ރީފައިނޭންސިންގ އޯޕަން ޑޭ މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

https://wamco.com.mv/

އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި އޯޕަން ޑޭގެ މައިގަނޑު މަގްސަދަކީ، އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ކަސްޓަމަރުން މިހާރު ނަންގަވާފައިވާ ކޮންވެންޝަނަލް ލޯނުތައް، ޝަރީޢާ ހަމަތަކަށް ފެތޭ އިސްލާމިކް ފައިނޭންސިންގ ފެސިލިޓީތަކަށް ބަދަލުކުރުމަށް ބޭނުންވާ މަޢުލޫމާތާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި އޯޕަން ޑޭގެ ތެރެއިން ކޭވައިސީ (ކަސްޓަމަރުންގެ މަޢުލޫމާތު) ފުރިހަމަކުރުމަށް ގިނަ ކަސްޓަމަރުންނަށް ފަސޭހަވެގެންގޮސްފައިވާއިރު، އެސްއެމްއީ އިން ބުނީ، މިއަދުގެ ހަރަކާތުގެ ތެރެއިން އައު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގޮސްފައިވާ ކަމަށެވެ. އަދި ކުރިން ލޯނު ނަންގަވާފައިވާ ފަރާތްތަކަށް އައު އެއްބަސްވުމެއް ލިބިފައިވާއިރު، މި އެއްބަސްވުމުގައި ސޮއިކުރެއްވުމާއެކު އެ ފަރާތްތަކުގެ ލޯނުތައް ވަގުތުން އިސްލާމިކް ފައިނޭންސިންގ އަށް ބަދަލުވެގެންދާނެ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

އެސްއެމްއީ ޑިޖިޓަލް އިން މަޢުލޫމާތު ދިން ގޮތުގައި، ރިފައިނޭންސިންގއަށް ޝަރުޠުހަމަވާ ހުރިހާ ކަސްޓަމަރުންނަށްވެސް އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް އޮފަރ ފެންނަން ހުންނާނެއެވެ.

މީގެ ކުރިން ކޮންވެންޝަނަލް ލޯނު ނަންގަވާފައިވާ ފަރާތްތަކުގެ ތެރެއިން އިސްލާމިކް ފައިނޭންސިންގއަށް ބަދަލުކުރުމުގެ ފުރުސަތު ލިބިފައިވާ ފަރާތްތަކަށް، އެއްބަސްވުމުގައި ސޮއިކުރުން ހިމެނޭހެން މުޅި ޕްރޮސެސް އެއްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ އިންތިޒާމު މިއަދުގެ އޯޕަން ޑޭ ގައި ހަމަޖެހިގެންވަނީ ގޮސްފައެވެ.

https://wamco.com.mv/
tel:+9607331319