logo

އެމްއެމްއޭ އިންޓާންޝިޕް ޕްރޮގްރާމަށް 400 އަށް ވުރެ ގިނަ ފަރާތުން ރަޖިސްޓްރީވެއްޖެ

profile

އާމިނަތު ޝަޒްލާ - 19 ސެޕްޓެމްބަރު 2026 - 13:06

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިއަށްގެންދާ އިންޓާންޝިޕް ޕްރޮގްރާމުގެ އޯލެވެލް އަދި އޭލެވެލް ކެޓަގަރީއަށް 400 އަށް ވުރެ ގިނަ ފަރާތަކުން ރަޖިސްޓްރީވެފައިވާ ކަމަށް އެ އޮތޯރިޓީން މިއަދު ހާމަކޮށްފިއެވެ.

https://wamco.com.mv/

އެމްއެމްއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ޕްރޮގްރާމަށް ރަޖިސްޓްރީވި އޯލެވެލް އަދި އޭލެވެލް ފެންވަރުގެ ކެންޑިޑޭޓުންގެ އިންޓަވިއުތައް މިއަދު ފަށައިގެން ކުރިއަށްދާ ކަމަށެވެ. އަދި މި ކެޓަގަރީން ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކުން ވެސް އިންޓަވިއުއަށް ހާޒިރުވުމަށް އެ އޮތޯރިޓީން ވަނީ ބާރުއަޅައި އެދިފައެވެ. މި އިންޓަވިއުތައް މިއަދު ހަވީރު 4:00 އާ ހަމައަށް އެމްއެމްއޭގައި ކުރިއަށްދާނެ ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

ދިވެހި ޒުވާން ދަރިވަރުންނަށާއި ދަސްވެނިންނަށް މަސައްކަތުގެ މާހައުލުން އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ މަގުސަދުގައި އެމްއެމްއޭއިން ހުޅުވާލި މި އިންޓާންޝިޕް ޕްރޮގްރާމަކީ ޖުމްލަ 10 ފުރުސަތާއެކު އޯލެވެލް، އޭލެވެލް، ޑިގްރީ އަދި މާސްޓާޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ހުޅުވާލި އަގުހުރި ފުރުސަތެކެވެ.

ދެ ހަފުތާއާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން، ބައިވެރިންނަށް އެކަށީގެންވާ ރަނގަޅު އެލަވަންސެއް ނުވަތަ އުޖޫރައެއް ދިނުމަށް ވެސް އެމްއެމްއޭއިން ވަނީ ނިންމާފައެވެ.

އެގޮތުން ކަނޑައަޅާފައިވާ އުޖޫރަތަކަކީ:

  1. އޯލެވެލް އަދި އޭލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް: މަހަކު -/8,000 ރުފިޔާ
  2. ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް: މަހަކު -/9,000 ރުފިޔާ
  3. މާސްޓާސް ހަދާފައިވާ ފަރާތްތަކަށް: މަހަކު -/10,000 ރުފިޔާ

މި ޕްރޮގްރާމަކީ މާލީ ދާއިރާއިން ޒުވާނުން ބިނާކުރުމަށާއި، ވަޒީފާގެ މާހައުލަށް ކުދިން އަހުލުވެރިކުރުވުމަށް މަރުކަޒީ ބޭންކުން އަޅަމުންދާ މުހިންމު ފިޔަވަޅެކެވެ.

https://wamco.com.mv/
tel:+9607331319