logo

ޞައްޙަ ވޯކް ޕާމިޓާއެކު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދެލައްކައަށްވުރެއް މައްޗަށް

profile

އާމިނަތު ޝަޒްލާ - 16 މޭ 2026 - 06:31

ޞައްޙަ ވޯކް ޕާމިޓާއެކު ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ އަދަދު ދެލައްކައަށްވުރެއް މައްޗަށް އަރާފައިވާ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޚްސާން ވަނީ އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ 'އައްޑޫ ބިޒްނަސް ޑައިލޮގް' ގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ތަފްސީލުތައް ހާމަކޮށްފައެވެ.

ވަޒީރު އިހްސާން ވިދާޅުވީ ޞައްޙަ ވޯކް ޕާމިޓާއެކު ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ އަދަދު 208،937 އަށް އަރާފައިވާ ކަމަށެވެ.

ވަޒީރު އިޚްސާން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ 'އޮޕަރޭޝަން ކުރަނގި' ގެ ދަށުން ހޯދިފައިވާ ކުރިއެރުންތަކުގެ ތަފްސީލީ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ.

އޮޕަރޭޝަން ކުރަނގީގެ ދަށުން، 2023 ވަނަ އަަހަރުގެ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން މި ހިންގާ މޭ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ބިދޭސީންގެ ވޯކް ޕާމިޓްތައް ބެލެހެއްޓުމާއި ޞައްޙަކަން ކަށަވަރުކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައި ކަމަށް ވަޒީރު އިހްސާން ވަނީ ހިއްސާކުރުރައްވާފައެވެ.

އެ މުއްދަތުގެ ތެރޭގައި ވޯކް ޕާމިޓް ހުށަހަޅާފައިވާ އަދަދު 295,678 އިން 232,884 އަށް ވަނީ ދަށްވެފައެވެ. އަދި 2012 ވަނަ އަހަރުގެ ކުރީގެ ޑޭޓާގައި ހިމެނޭ ވެރިފައި ނުވާ 86,741 ވޯކް ޕާމިޓްގެ އަދަދު ވަނީ 19,904 އަށް މަދުކުރެވިފައެވެ. މީގެ އިތުރުން، އެކްޓިވް ވޯކް ޕާމިޓްގެ އަދަދު 208,937 އިން 212,980 އަށް އިތުރުވެފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އަލަށް ރާއްޖެ އައުމަށް ހުއްދަ ދެވިފައިވާ 6,716 މީހަކު އެބަތިއްބެވެ. އަދި ރާއްޖެއަށް އެއްފަހަރު އައިސް، ނަމަވެސް އަދި އިނގިލީގެ ނިޝާން ނުނަގާ 4,040 މީހަކު ތިބިކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk