logo

ހިންނަވަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ތިންމީހުން ހައްޔަރަށް

profile

އާމިނަތު ޝަޒްލާ - 16 މޭ 2026 - 06:16

ޅ. ހިންނަވަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ތިންމީހުން ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ހިންނަވަރު، ޝޭޑީސައިޑް، އުމުރުން 38 އަހަރުގެ އަޙްމަދު ޒިޔާދު އާދަމް އާއި ޅ. ހިންނަވަރު، ނޭޒާ، އުމުރުން 30 އަހަރުގެ މާޖިދު މުޙައްމަދު އާއި ޅ. ހިންނަވަރު، ދިލްސާދުގެ، އުމުރުން 51 އަހަރުގެ މުޙައްމަދު އިބްރާހީމްއެވެ.

އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 13 ވަނަ ދުވަހު ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. އެ އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް، އެ މީހުން އެ ވަގުތު ތިބި ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 21 ރަބަރު ޕެކެޓާއި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ޒިޔާދު އާދަމް 15 ދުވަހަށް، މާޖިދު މުޙައްމަދު ހަތަރު ދުވަހަށް އަދި މުޙައްމަދު އިބްރާހީމް 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk