logo

"ޕްރިންސް ހެރީ އާއި މޭގަންގެ "ކާ ޗޭޒް" އަކީ ޕަބްލިސިޓީ ސްޓަންޓެއް ނޫން " !

profile

އައިޝަތު ޝާނީ - 24 މޭ 2023 - 10:56

ޕްރިންސް ހެރީ އާއި މެގަން މާކަލްގެ މަޝްހޫރު ކާރު ފަހަތުން ބަޔަކު ދުއްވުމުގެ މައްސަލަ މިދިޔަ ހަފްތާއިން ފެށިގެން ސުރުޚީތަކަށް އަރަމުން އަންނައިރު، ދޭތެރެ ދޭތެރެއިން އާ ތަފްސީލުތައް ހާމަވަމުންދެއެވެ.

https://wamco.com.mv/

ރިޕޯޓްތައް ބުނާ ގޮތުގައި އެދެމީހުން އެވޯޑް ހަފްލާއަކުން އެނބުރި އަންނަނިކޮށް ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން ނިއުޔޯކް ސިޓީގެ މަގުތަކުގައި ޕަޕަރާޒީން ފަހަތުން ދުއްވާފައިވެއެވެ. ޖެހިގެން އައި ދުވަހު އެ ދެމަފިރިންގެ ރެޕް ނެރުނު ބަޔާނެއްގައި ބުނީ އެކަމުގެ ސަބަބުން އެތައް އެކްސިޑެންޓެއް ހިނގާ އާންމުންތަކެއް މަރުވުން އެކަށީގެންވާކަމަށެވެ.

ޕްރިންސް ހެރީ އާއި މެގަން މާކަލްގެ ރެޕް ދަނީ އެ ދެމަފިރިންގެ ކާރު ފަހަތުން ނިއުޔޯކް ސިޓީގައި ކާރު ދުއްވުން މާބޮޑަށް ބޮޑުކޮށް އެމީހުންގެ ޕަބްލިސިޓީ އިތުރުކުރި ކަމަށް ބުނާ އަޑުތަކަށް ރައްދު ދެމުންނެވެ. އެމީހުންގެ ޕަބްލިސިސްޓް އޭޝްލީ ހެންސަން، ޕޭޖް ސިކްސްއަށް ދިން ބަޔާނެއްގައި ބުނީ ޑޫކްގެ އާއިލީ ތާރީޚަށް ބަލާއިރު، މިއީ އެއްވެސް ކަހަލަ ޕީއާރު ސްޓަންޓެއް ކަމަށް ގަބޫލުކުރަން އެ ދެމަފިރިން ނުވަތަ އެމީހުންނާ ގުޅުން ހުރި އެއްވެސް މީހަކު ވިސްނައިގެން ނުވާނެކަމަށެވެ.

ޕްރިންސް ހެރީ އާއި މެގަން މާކަލްގެ ކާރު ދުއްވާ ވާހަކައަށް މީޑިއާގެ ބައެއް ޝަޚުސިއްޔަތުން ފާޑުކިޔާފައިވާއިރު އޭގެ ތެރޭގައި ބެތެނީ ފްރެންކެލް އާއި ވޫޕީ ގޯލްޑްބަރގް ހިމެނެއެވެ. ފޮޓޯ އެޖެންސީ ބެކްގްރިޑް އިން ވެސް ވަނީ ސަސެކްސްގެ ވާހަކަތައް ދޮގުކޮށް، ފޮޓޯގްރާފަރުން ބުނާ ގޮތުގައި އެކްސިޑެންޓަކަށް މަގުފަހިވާކަހަލަ ކަމެއް ނެތް ކަމަށާއި އެއްވެސް ހިސާބަކުން އެއްވެސް މީހަކަށް ވަގުތީ ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށް ބުނެފައެވެ.

ޕްރިންސް ހެރީ އާއި މެގަން މާކަލް އަބަދުވެސް ފަލަ ސުރުހީތަކައް އެކި ކަންކަމާއި ގުޅިގެން އަރައެވެ. އެދެމީހުންނާއި އެމީހުންގެ ކުދިންވަނީ އިނގިރޭސިވިލާތުގެ "ޝާހީ" ކަން ދޫކޮށްލާ އާދައިގެ ދިރިއުޅުމެއް އުޅެން ފަށާފައިއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay