logo

ހަތް އަހަރާއި 10 މަސް: ރ. ވާދޫ ސިޓީ ހޮޓެލްގެ ބިންގާވެސް ނޭޅުނު

profile

ޒިދާން މުޙައްމަދު - 05 ސެޕްޓެމްބަރު 2024 - 19:22

ރ. ވާދޫ

ރ. ވާދޫ

ރ. ވާދޫ ސިޓީ ހޮޓެލްގެ ބިންގާ ނޭޅި ،ހަތް އަހަރާއި 10 މަހަށްވުރެ ގިނަ ދުވަސް ފާއިތުވެއްޖެއެވެ.

ވާދޫ އުތުރުކޮޅު ސަރަހައްދުން ތިން ހެކްޓަރުގެ ބިމުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް މަސައްކަތް ފެށުމަށް ވާދޫ ކައުންސިލާއި ކުންފުންޏަކާ ދެމެދު އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ފުރަތަމަ ދުވަހުގެ ރޭ ރ. ވާދޫ ސްކޫލް ހޯލްގައި ބޭއްވި ހަފުލާއެއްގައެވެ. މިރަށު ކައުންސިލުން މިމަޝްރޫއު ހިންގުމަށް އެއްބަސްވުމެއްވެފައިވަނީ ފާލަން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ދިވެހި ކުންފުންޏަކާއެކުއެވެ.

ނަމަވެސް ފާލަން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް މަޝްރޫއު ނުފެށި ލަސްވުމުން، ވާދޫ ކައުންސިލުން ވަނީ އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައެވެ.

2016 ވަނަ އަހަރުގެ ނޮވެމްބަރުމަހު ދޫކޮށްފައިވާ ތިން ހެކްޓަރުގެ ބިމުގެ އެއްބަސްވުމަށް ބަދަލު ގެނެސް، އެބިމުގައި ސިޓީ ހޮޓަލެއް ތަރައްގީކުރުމުގެ މަސައްކަތް ސިންގަޕޫރުގެ އެމް-20 ހޮސްޕިޓަލިޓީ ވެންޗާސް ޕްރައިވެޓް ލިމިޓެޑާ ފަހުން ހަވާލުކުރިއެވެ. މާގިރި ހޮޓެލްގައި ބޭއްވި ހަފުލާއެއްގައި މިމަސައްކަތް ފަހުން ހަވާލުކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަދަ މަޝްރޫއެއްގެ މަސައްކަތް އެމް-20 ހޮސްޕިޓަލިޓީ ވެންޗާސް ޕްރައިވެޓް ލިމިޓެޑުން މީގެ ކުރިން ކޮށްފައިނުވާއިރު، އަލުން ބިޑުނުކޮށް، ލީސް ބަދަލުކުރާ އުސޫލުން މިވަރުގެ މަޝްރޫއެއް ބަޔަކާ ހަވާލުކުރުމަކީ ވާދޫގެ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަމެކެވެ.

މިމަޝްރޫއުގެ މައުލޫމާތާއި އަދާހަމަތައް ވާދޫ ކައުންސިލުން ރައްޔިތުންނަށް އެންމެ އެކަށީގެންވާ މިންވަރަށް ހިއްސާކޮށްފައިނުވާ ކަމަށްވެސް އެރަށުން މިނޫހާ ވާހަކަދެއްކި ބައެއް އާންމުން ބުނެއެވެ.

https://aslu.com.mv/RPXL

މާގިރި ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި ވާދޫ ސިޓީ ހޮޓެލްގެ މަޝްރޫއުގެ އެއްބަސްވުމުގައި ވާދޫ ކައުންސިލާއެކު ސޮއިކުރިއިރު، އެކުންފުނި ރަޖިސްޓަރީކުރިތާ މަސް ދުވަސް ވެސް ނުވެއެވެ.

ރ. ވާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުގައި ކައުންސިލްގެ ރައީސް ހުސައިން ޢަލީ ވިދާޅުވެފައި ވަނީ ރ. ވާދޫ އުތުރުކޮޅުގައި ހިމެނޭ 3.5 ހެކްޓަރުގެ ސަރަހައްދެއްގަައި ފަތުރުވެރިކަން ތަރައްގީކުރުމަށް އީ.އައި.އޭ ހަދަައި ރިޕޯޓް ނިންމާފަައިވާ ކަމަށެވެ. އަދި 90 ދުވަސް ތެރޭ އެ ތަނުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

ނަމަވެސް، އަދިވެސް އެ މަސައްކަތް އޮތީ ނުފެށިއެވެ.

ހިތްގައިމު އަތިރިމައްޗަކާއި ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ވާދޫއަކީ ލޯކަލް ޓޫރިޒަމްގެ މުސްތަޤުބަލް އޮތް ރަށެކެވެ. ވާދޫގެ މޫދުގައި ރެދަންލާ މަންޒަރަކީ ބައިނަލްއަޤްވާމީ ސަމާލުކަން ލިބިފައިވާ ހިތްގައިމު މަންޒަރެކެވެ.

tel:+9607331319