logo

އިންޓަނެޓުގެ ރައްކާތެރިކަމާ ގުޅޭ ބިލުތަކެއް ޑްރާފްޓު ކުރަނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 17 ސެޕްޓެމްބަރު 2024 - 18:32

ހޯމްލޭންްދް ސެކިއުރިޓީ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބަްދަލުވުމުގެ ތެރެއިން

ހޯމްލޭންްދް ސެކިއުރިޓީ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބަްދަލުވުމުގެ ތެރެއިން

އިންޓަނެޓުގެ ރައްކާތެރިކަމާ ގުޅޭ ބިލުތަކެއް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފި އެވެ.

މިގޮތަށް މިނިސްޓްރީން ބުނީ، ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން (ޑީމެޑް) މަޝްރޫއުއާ ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓްރީގެ ސްޓޭޓް، ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ، މި ޕްރޮޖެކްޓުގެ ދަށުން ބިލުތައް ފަރުމާކުރުމަށް ވެސް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. އެގޮތުން އަންނަ ނޮވެމްބަރު މަހު، ސްޓޭކްހޯލްޑަރުންނާ އެކު ބިލުތައް ޑްރާފްޓުކުރުމުގެ މަސައްކަތަށް މަޝްވަރާތައް ފައްޓަވާނެ ކަމަށެވެ.

ޑރ. އިބްރާހީމް ވަހީދު ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓުގެ އެހީގައި ތިން ބިލެއް ޑްރާފްޓު ކުރެވޭނެ ކަމަށެވެ. އެއީ:

  • ޑިޖިޓަލް އައިޑީ ބިލް
  • ސައިބާ ސެކިއުރިޓީ ބިލް
  • ޑޭޓާ ޕްރައިވަސީ އެންޑް ޑޭޓާ ޕްރޮޓެކްޝަންގެ ބިލް

އިބްރާހީމް ވަހީދު ވިދާޅުވި ގޮތުގައި އެ ބިލުތަކުގެ ތެރެއިން މި ޕްރޮޖެކްޓުން ފަންޑުކޮށްގެން ޑްރާފްޓުކުރަނީ ޑިޖިޓަލް އައިޑީ ބިލެވެ. އެހެންނަމަވެސް އެހެން ބިލުތައް ފަރުމާކުރުމަށް އެ ޕްރޮޖެކްޓުން އެހީ ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ޑީމެޑް މަޝްރޫއުއަކީ ވޯލްޑް ބޭންކްގެ 10 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން އިޖްތިމާއި އަދި އިޤްތިސާދީގޮތުން އިތުރު ފުރުސަތުތައް ފަހި ކޮށްދިނުމަށްޓަކައި، އިންޓަރނެޓް ފަދަ މުވާސަލާތީ ވަސީލަތްތައް ރެގިއުލޭޓްކުރުމަށްޓަކައި ބޭނުންވާ ޤާނޫނީ އޮނިގަނޑާއި ޓެކްނިކަލް ސެޓްއަޕް ގާއިމްކުރުމާއި، އެ މަސައްކަތް ކުރަމުންދާ ދައުލަތުގެ މުވައްސަސާތަކުގެ ޓެކްނިކަލް ކެޕޭސިޓީ އިތުރުކުރުން ހިމެނެއެވެ.

tel:+9607331319