logo

ވެމްކޯއާއި ރެޑްކްރެސެންޓްގެ ތަމްރީނު ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 12 ސެޕްޓެމްބަރު 2024 - 23:11

ތަމްރީނު ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ ވެމްކޯ)

ތަމްރީނު ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ ވެމްކޯ)

ވެމްކޯގެ އެކެޑެމީއާއި ދިވެހި ރެޑްކްރެސެންޓުން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.

ވެމްކޯއިން ބުނީ، އެ ކުންފުނީގެ އެކެޑެމީއާއި ރެޑްކްރެސެންޓާއި ގުޅިގެން ތިން ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދެވުނު ކަމަށެވެ. އަދި އެ ތިން ކޯސް، 61 ބައިވެރިން ފުރިހަމަކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ކޯސްތަކުގައި ރެޑް ކްރެސެންޓުގެ ފަރާތުން ވަނީ ވެމްކޯގެ މުވައްޒަފުންނަށް ފަސްޓް އެއިޑް ޓްރެއިނިން ދީފަ އެވެ. އަދި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމާއި ގެންގުޅުމުގެ ތަމްރީނުދީފައިވެ އެވެ.

ރެޑްކްރެސެންޓާއި ގުޅިގެން އެފަދަ ކޯސްތައް ވެމްކޯއިން މި ވޭތުވެ ދިޔަ އަހަރުތަކުގައި ކުރިއަށް ގެންގޮސްފައިވެ އެވެ.

https://int.etukuri.mv/
tel:+9607331319