logo

ވެމްކޯ އިން ކޮމާޝަލް ކަލެކްޝަން ރެޖިސްޓްރޭޝަން ޑްރައިވެއް ފަށައިފި

profile

ޝުރުފާ މުހަންމަދު - 04 ސެޕްޓެމްބަރު 2024 - 15:32

 ވެމްކޯއިން ކޮމާޝަލް ރަޖިސްޓްރޭޝަން ޑްރައިވް ފެށުން--- ފޮޓޯ: ވެމްކޯ

ވެމްކޯއިން ކޮމާޝަލް ރަޖިސްޓްރޭޝަން ޑްރައިވް ފެށުން--- ފޮޓޯ: ވެމްކޯ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކޮމާޝަލް ކަލެކްްޝަން ރެޖިސްޓްރޭޝަން ޑްރައިވެއް ފަށައިފި އެވެ.

ވެމްކޯގެ ކުނި އުކުމުގެ ޚިދުމަތްތައް މިހާރު ރަޖިސްޓްރީކޮށްފައިވާ ހުރިހާ ގޭބީސީ އަކާއި، ކޯޕަރޭޓް ކުންފުނިތަކަށް ވެސް ދެމުންއަންނަ އިރު އެ ޚިދުމަތްތަކަށް ބިލް ކުރަމުން އަންނަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯގެ ކަރަންޓު ބިލުތަކާއި އެކުގަ އެވެ.

ވެމްކޯއިން ބުނީ މިއަދު މި ފެށި ޑްރައިވް އަކީ ވެމްކޯއިން ކޮމާޝަލީ ކުނި އުކާ ކުންފުނިތައް އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޑްރައިވެއް ކަމަށެވެ. އެގޮތުން ސްޓެލްކޯގައި ރަޖިސްޓްރީކޮށްގެން 1،600 އަށް ވުރެ ގިނަ ކުންފުނި ޚިދުމަތް ހޯދަމުން ދާއިރު ވެމްކޯގެ ރަޖިސްޓްރީގައި ތިބީ ކޮމާޝަލް ޔުނިޓު ކަމަށެވެ. އަމާޒަކީ އެ އަދަދު އިތުރުކުރުން ކަމަށް ވެމްކޯއިން ބުނެފައިވެ އެވެ.

ރަޖިސްޓްރޭޝަން އިތުރުކުރުމާއި އެކު ކަސްޓަމާ ފީޑްބެކް ވެސް މި ޑްރައިވްގެ ތެރެއިން ހޯދާނެކަން ފާހަގަކޮށް ވެމްކޯއިން ބުނީ، އެ ކުންފުނީގެ ޓީމުތަކުން ދާނީ ހަމަ އެކަނި ރަޖިސްޓަރ ނުކޮށް ހުރި ތަންތަނަށް ނޫން ކަމަށެވެ. ވަކި ޚާއްސަ ލިސްޓެއް ނުގެންގުޅޭ ކަމަށާއި، ބޭނުމަކީ މުޅި ޚިދުމަތް އިތުރަށް ފުޅާކޮށް ރަނގަޅުކުރެވޭނެ ގޮތް ރައްޔިތުންގެ ފީޑްބެކާއި އެކު ހޯދުން ކަމަށެވެ.

މި ހަރަކާތުގައި ވެމްކޯގެ މެނޭޖްމަންޓުން ވެސް ބައިވެރިވާއިރު، މިއީ ވަކި މުއްދަތަކަށް ކުރިއަށްގެންދާ ހަރަކާތެއް ނޫން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

https://wamco.com.mv/
tel:+9607331319