logo

ދެވަނަ ކުއާޓަރުގައި ވެމްކޯގެ ހިންގުމުގެ ހަރަދު 46% އިން ކުޑަކުރެވިއްޖެ: މުޖުތަބާ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 04 ސެޕްޓެމްބަރު 2024 - 21:59

ވެމްކޯގެ މުވައްޒަފަކު ކުނި ނެގުމުގައި

ވެމްކޯގެ މުވައްޒަފަކު ކުނި ނެގުމުގައި

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ވެމްކޯގެ ހިންގުމުގެ ހަރަދު 46% އިން ކުޑަކުރެވިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވެއްޖެ އެވެ.

މި ވެރިކަން ފެށުނުއިރު 226 މިލިއަން ރުފިޔާއިން ދަރާފައި އޮތް ވެމްކޯ އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް މި ސަރުކާރުން ދަނީ ކުރަމުން ނެވެ. އެކަމުގެ ތަފްސީލް ޓީވީ ޕްރޮގްރާމެއްގައި ދެއްވަމުން މުޖުތަބާ މިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ދަރަނިން ސަލާމަތްވެ، އެއްވެސް ބުރައަކާ ނުލައި ކުންފުނި ހިންގުން ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން ވެމްކޯގެ ހިންގުމުގެ ހަރަދު ވެސް ބޮޑުތަނުން ކުޑަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ދެވަނަ ކުއާޓަރުގައި އެ ކުންފުނީގެ ހަރަދު 40 މިލިއަން ރުފިޔާއިން 12 މިލިއަނަށް މިހާރު ކުޑަކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

" އެގޮތުން މިއަދާ ހަމަޔަށް އައިއިރު އަޅުގަނޑު ފާހަގަކޮށްލަން އަޅުގަނޑުމެންގެ އޮޕަރޭޝަނަލް ކޯސްޓް އަޅުގަނޑުމެން މިއަހަރުގެ ދެވަނަ ކުއާޓާއާ ހަމަޔަށް އައި އިރު 46% ގެ ރިޑަކްޝަން އެއް އަޅުގަނޑުމެން ގެނެސްފިން. އޭގެ މާނައަކީ ކުރިން ހުރި އަދަދުގެ ގާތްގަނޑަކަށް 40 މިލިއަނުން 12 މިލިއަނަށް ތިރިކުރެވުނީއޭ. " އޭނާ ވިދާޅުވި އެވެ.

މުޖުތަބާ ވިދާޅުވި ގޮތުގައި އެކަން ކުރެވުނީ، އާ ހިދުމަތްތަކެއް ތައާރަފްކޮށް، ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ.

https://wamco.com.mv/
tel:+9607331319