logo
ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރަން ފެށިކަން ލައިވްކޮށް ދައްކާލީ އޮތެންޓިކް މޯލްޑިވްސް ފިހާރައިން---

ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރަން ފެށިކަން ލައިވްކޮށް ދައްކާލީ އޮތެންޓިކް މޯލްޑިވްސް ފިހާރައިން---

އިންޑިއާގެ ރުޕޭ ކާޑު ރާއްޖެއަށް!

profile

ޝުރުފާ މުހައްމަދު - 07 އޮކްޓޯބަރު 2024 - 10:58

އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް ސިސްޓަމް ރާއްޖެ އަށް ތައާރަފްކޮށް ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަދައިފި އެވެ.

https://wamco.com.mv/

މިކަން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އިންޑިއާގެ ޔުނައިޓެޑް ޕޭމަންޓް ސިސްޓަމް ރާއްޖެ އަށް ތައާރަފްކޮށް، އެ ގައުމުގެ ރުޕޭ ކާޑު ބޭނުންކުރަން ފެށިކަން އެ ރަސްމިއްޔާތުގައި ލައިވްކޮށް ދައްކާފައިވެސް ވެއެވެ. އެގޮތުން އެ ޓްރާންސެކްޝަން ދައްކާފައި ވަނީ އޮތެންޓިކް މޯލްޑިވްސް ފިހާރައިންނެވެ.

މި ހިދުމަތް ރާއްޖޭގައި ފެށި އިރު، މީގެ ކުރިން ލަންކާ ސިންގަޕޫރު ފަދަ ގައުމުތަކުގައި ވެސް މި ޚިދުމަތް ވަނީ ފަށާފަ އެވެ.

އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ރާއްޖޭގައި ފެށުމަށް އެއްބަސްވުމުގައި ސޮއިކުރީ އެ ގައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެ އަށް ކުރެެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ، އިކޮނޮމިކް މިނިސްޓްރީ އާއި ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)އާ އެކު ސޮއި ކުރި އެމްއޯޔޫއެކެވެ.

ޔުޕީއައި ޕޭމެންޓް އިންޑިއާގައި ތައާރަފްކުރީ 2016 ވަނަ އަހަރެވެ. އެއީ މޯބައިލް ފޯނު މެދުވެރިކޮށް އިންޓަނެޓް ބޭންކް މުއާމަލާތްތައް ކުރެވޭނެ ޕޭމަންޓް ސިސްޓަމެކެވެ. އެ ޕޭމަންޓް ސިސްޓަމް ބޭނުންކުރަން ފެށުމާއި އެކު، ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންނާއި ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންނަށް ވެސް ފައިސާގެ މުއާމަލާތްތައް ކުރަން ވަރަށް ފަސޭހަ ވެގެންދާނެ އެވެ. އިންޑިއާ އަކީ ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާއިރު،

https://wamco.com.mv/
https://eportal.mwsc.com.mv/e-pay