logo

މަޓާޓޯގެ ސީއީއޯގެ މަގާމަށް ސޫޒަން

profile

އަހުމަދު ޒަލީފު - 27 ޖެނުއަރީ 2024 - 15:27

---

---

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) ގެ ސީއީއޯގެ މަގާމަށް އާމިނަތު ސޫޒަން އައްޔަންކޮށްފިއެވެ.

https://wamco.com.mv/

މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ޖީޑީޕީގެ %5 ފަތުރުވެރިކަމުގެ ދާއިރާގައި ހިއްސާކުރާއިރު މި ދާއިރާގައި ހަރަކާތްތެރިވަނީ ދިވެހި އަންހެނުންގެ އެންމެ %5 ކަމަށެވެ.

އެހެންކަމުން އެ އެސޯސިއޭޝަންގެ ސީއީއޯއަކަށް އަންހެން ބޭފުޅަކު އައްޔަން ކުރުމަކީ މިފަދަ މުހިންމު ދާއިރާތަކުގައި އަންހެނުން ބާރުވެރިކޮށް އެ އެސޯސިއޭޝަނުން މިންތީގެ ހަމަހަމަކަަށް އިސްކަންދޭ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށް މަޓާޓޯއިން ބުންޏެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދީ އެންމެން ޝާމިލުވާ މާހައުލެއް ގާއިމުކުރުމުގެ މުހިންމުކަން އެ އެސޯސިއޭޝަނުން ބަލައިގަންނަ ކަމަށް މަޓާޓޯއިން ބުނެފައިވެއެވެ.

ސޫޒަންއަކީ ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމާއި މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ފުރަތަމަ އަންހެން އެގްޒެކެޓިވް ބޯޑު މެންބަރުކަމާއި ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވްސް އެމްޕްލޯޔާސްގެ އެގްޒެކެޓިވް ބޯޑު މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay