logo

އޭޕްރީލްމަހު އިމްޕޯޓް އެކްސްޕޯޓުން 379 މިލިޔަން ރުފިޔާ!

profile

އައިޝަތު އިނާޝާ - 17 މޭ 2025 - 16:39

މިދިޔަ އޭޕްރީލްމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 379 މިލިޔަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މެއި މަހާއި އަޅާބަލާއިރު އޭޕްރީލް މަހު އިމްޕޯޓް، އެކްސްޕޯޓް އަދި އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 379 މިލިޔަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވާއިރު، އޭޕްރިލް މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 4.7 ބިލިޔަން ރުފިޔާގެ މުދަލެވެ. މެއި މަހު މި އަދަދު ހުރީ 4.4 ބިލިޔަން ރުފިޔާގެ މުދަލެވެ.

އޭޕްރީލް މަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކެއުމަށް ބޭނުންކުރާ އެކިއެކި ބާވަތްތަކެވެ. އެގޮތުން ތެޔޮ ހިމެނޭހެން 4.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ. އަދި ތެޔޮ ނުހިމަނައި 3.8 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓުކޮށްފައެވެ. އެހެންކަމުން މާރިޗް މަހާ އަޅާބަލާއިރު އޭޕްރިލް މަހު އިމްޕޯޓު ކޮށްފައިވާ މުދަލުގެ އަގު ވަނީ 6.8 ޕަސެންޓު އިތުރުވެފައެވެ. މިއީ މާރިޗު މަހުގެ އާމްދަނީގެ ގޮތުގައި ލިބުނު 350 މިލިއަން ރުފިޔާއާ އަޅައިބަލާއިރު 88 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެެރެކޮށްފައިވާ ޤައުމުތައް:

ޔޫއޭއީ: 1333 މިލިޔަން ރުފިޔާގެ މުދާ (28 ޕަސެންޓު)

އިންޑިއާ: 735 މިލިޔަން ރުފިޔާގެ މުދާ (16 ޕަސެންޓު)

ޗައިނާ: 472 މިލިޔަން ރުފިޔާގެ މުދާ (10 ޕަސެންޓު)

ސިންގަޕޫރު: 425 މިލިޔަން ރުފިޔާގެ މުދާ (9 ޕަސެންޓު)

މެލޭޝިއާ: 261 މިލިޔަން ރުފިޔާގެ މުދާ (6 ޕަސެންޓު)

އޭޕްރީލްމަހު ރާއްޖެއިން 292 މިލިޔަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. މާރިޗު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 204 މިލިޔަން ރުފިޔާގެ މުދަލެވެ.

ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައް ކަން ފާހަގަކޮށްލެވެއެވެ.


https://etukuri.mv/
https://eportal.mwsc.com.mv/e-pay