logo

މާލެއަށާް ހިތްފަސޭހަކަން ގެނެސްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން: އާޒިމް

profile

މުޙައްމަދު ފަޟްލޫން - 12 އޭޕްރީލު 2025 - 10:10

މާލެ ސިޓީގެ ހަނިގޯޅިތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ހިތްފަސޭހަކަން ގެނެސްދިނުމަށް އެގޯޅިތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޢާޒިމް މި ފަދައިން ވިދާޅުވީ، މާފަންނު ނަލަހިޔާ ކަންމަތީ ޕޭމަންޓު އުސްކުރުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތް ބައްލަވާލެއްވުމަށް ފަހު ދެއްވި އިންޓަވިއުގައެވެ.

ޢާޒިމް ވިދާޅުވީ، މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅުއްވާ ބޭފުޅުންނާއި، އަދި ވެސް ގާ އަތުރައި ޕޭމެންޓް ހެދިފައިނުވާ ގޯޅި ތަކުގައި ހުރި ގެތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން، އެ ގޯޅިތަކުގެ ޙާލަތު ކައުންސިލްގެ ސަމާލުކަމަށް ގެނެސްދިނުމުން، އެ ގޯޅި ތަރައްޤީ ކުރުމުގެ މަސައްކަތް ކައުންސިލުން ކޮށްދެއްވާނެކަމަށެވެ. އަދި މި ކަމުގައި ވެސް ރައްޔިތުންގެ ފަރާތުން، މިހާރު ވެސް ލިބެމުންދާ ފުރިހަމަ އެއްބާރުލެއްވުމަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މާލޭގެ ބައެއް ގޯޅިތައް ހަލާކުވުމުން ވެސް މަރާމާތު ނުކޮށް އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވުމުން، އެ ގޯޅި ތަކުގައި ދިރި އުޅުއްވާ ބޭފުޅުންނަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ޢާޒިމް ވިދާޅުވީ ކައުންސިލްގެ އަމާޒަކީ މި ފަދަ ތުރާތަކުން ރައްޔިތުން ސަލާމަތްކޮށް ހިތް ފަސޭހަ މާހައުލަކަށް މާލެ ސިޓީ ހެދުމެވެ. މި ކަންކަން ޙާޞިލް ކުރުމަށް ކައުންސިލްގެ އެންމެހައި މުވައްޒަފުން ގުޅިގެން، ހަލުވިދުވެލީގައި މަސައްކަތް ކުރުމަށް، އަމާޒު ހިފާފައިވާ ވާހަކަ ވެސް ޢާޒިމް ވިދާޅުވިއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay