.jpg&w=3840&q=75)
ރާޔާ: މި ކިޔައިދިނީ މަދަހައިގެ ފަންނުވެރިކަމުން "ކޯވަރެއް"!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 22 އޭޕްރީލު 2025 - 15:28
ރ. ދުވާފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބޭއްވި މަދަހަ މުބާރާތުގައި އޭނާ ހުށަހަޅައިދިން މަދަހަ ވައިރަލްވެ އޭނާއަށް ބޮޑު ސަމާލުކަމެއް ލިބިދާނެ ކަމަށް ރާޔާ ޢަލީ ހީވެސް ނުކުރެއެވެ. އެކަމަކު ސޯޝަލްމީޑިއާގައި މުބާރާތް ވަގުތުން ދުރަށް ދެއްކި އެ މުބާރާތުގައި ރާޔާ ހުށަޙަޅައިދިން "ކޮންމެ ނަފުސެއް" ވައިރަލްވީއެވެ. އޭނާގެ ހިތްގައިމު އަޑުން ހުށަހެޅި މަދަހައަށް އެތައް ބަޔަކު ތައުރީފުކުރިއެވެ. އެ ޖާދޫގައި ދިވެހީންގެ ގިނަ ބަޔަކު ޖެއްސީއެވެ.
މިއީ އާންމުންގެ މެދުގައި ރާޔާގެ ހުށަހެޅުމެއް މަގުބޫލުވި ފުރަތަމަ ފަަހަރަސް މުބާރާތްތަކުގައި އޭނާ މަދަހަ ކިޔައެވެ. ސްކޫލް ދައުރުން ފެށިގެން އުފަން ރަށް ދުވާފަރުގައި ބާއްވާ މުބާރާތްތަކުގައި އޭނާ އައީ ބައިވެރިވަމުންނެވެ. މިކަމުގެ ތެރެއަށް އޭނާގެ ޝައުގުވެރިކަން ދަމައިގަތީ އާއިލާގެ ތެރެއިންނެވެ. "ވަރަށް ރީތިކޮށް މަދަހަކިޔާ" އާއިލީ މެމްބަރުން އެބަ ތިބި ކަމަށް ރާޔާ ބުންޏެވެ.
މަދަހައިގެ ފަންނުން މިފަހުން ވިދާލި އެންމެ އަލިގަދަ ތަރިއަކީ ރާޔާއެވެ. އެކަމަކު މިއީ މި ފަންނުވެރިޔާގެ ހަމައެކަނި ހުނަރެއް ނޫނެވެ. އޭނާއަކީ ކުޅިވަރުގެވެސް މީހެކެވެ. ހޭންޑްބޯލްއާއި ފުޓްސަލްއަކީ ރާޔާގެ އެންމެ ފެވަރިޓް ކުޅިވަރުތަކެވެ. އަތޮޅުގައި ކުޅޭ އެކުވެރިކަމުގެ ވާދަވެރި މެޗުތަކުގައިވެސް ދުވާފަރު ތަމްސީލް ކުރާ ޓީމަށް ރާޔާ ކުޅެއެވެ.
ގެއްލިފައި ހުރި މި ތަރީގެ ފަންނުގެ ވާހަކަ އަސްލު ޓީވީން އާންމުންނަށް މިވަނީ ތިލަކޮށްދީފައެވެ. އަސްލު ޓީވީން ގެނެސްދިން "ޒިދާންއާއެކު ކޯވަރެއް" ސީޒަން ދޭއްގެ ހަތަރުވަނަ ޝޯވގެ މެހެމާނަކީ ރާޔާއެވެ. މި ހިއްސާކޮށްލަނީ ދުވާފަރުން މާލެ އައީސް "ޒިދާންެއާއެކު" ބުއި ކޯވަރާއި އޭނާގެ މަދަހައިގެ ފަންނުވެރިކަމުން "ކޯވަރެކެވެ."

#Koavareh | #Koavareh | By Aslu TV
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން