logo

ޒަކާތުފަންޑުން ހުސްވި އަހަރު ފަގީރުންނާއި މިސްކީނުންނަށް 38.18 މިލިއަން ރުފިޔާ ދޫކޮށްފި

profile

މުޙައްމަދު ފަޟްލޫން - 14 އޯގަސްޓު 2026 - 10:46

މިދިޔަ އަހަރު ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންނަށް 38.18 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

ޒަކާތު ހައުސް އިން އާއްމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ފީސަބީލިﷲ ބަޔަށް 13.44 މިލިޔަން ރުފިޔާ އަދި ޢާމިލުންނާއި، ދަރަނިވެރިންނާއި، އިބްނު ސަބީލް ފަދަ އެކި ބައިތަކަށްވެސް ވަނީ އެކަށީގެންވާ މިންވަރަކަށް ފައިސާ ހޭދަކޮށްފައެވެ.

އެހީއަށް އެދި ހުށަހެޅި 2,111 މައްސަލައިގެ ތެރެއިން 1,391 މައްސަލައަކަށް 23.14 މިލިޔަން ރުފިޔާގެ އެހީ ހަމަޖައްސައިދީފައިވާއިރު، މީގެ ތެރޭގައި އެންމެ ގިނައީ ބޭސްފަރުވާއަށް ދޫކުރި އެހީކަން ފާހަގަކުރެވެއެވެ.

މިދިޔަ އަހަރު އިދާރީ ކޮމިޓީން އެކި ބަލިތަކަށް އެހީގެ ގޮތުގައި ބޮޑެތި ހަރަދުތަކެއް ކޮށްފައިވާއިރު، އެންމެ ގިނައިން ހޭދަކޮށްފައިވަނީ ކެންސަރު ބައްޔާއި ޓްރާންސްޕްލާންޓް ފަދަ ކަންކަމަށެވެ.

ފަގީރުންގެ ދަފްތަރުގައި 2,852 މީހުން ރަޖިސްޓްރީވެފައިވާއިރު، އަތޮޅުތެރެއިންނާއި މާލެ ސަރަހައްދުން ގިނަ އަދަދެއްގެ ފޯމު ލިބިފައިވެއެވެ.

މީގެ އިތުރުން ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު 13.57 މިލިޔަން ރުފިޔާގެ ތެރެއިން، ދަފްތަރުގައިވާ ކޮންމެ މީހަކަށް 4,500 ރުފިޔާގެ މަގުން ޖުމްލަ 12.47 މިލިޔަން ރުފިޔާ ވަނީ ބަހާފައެވެ.

https://wamco.com.mv/
tel:+9607331319