logo

ބްލޫސް ރީޓްރެއިނިންގ ޕްރޮގްރާމްގެ 4 ވަނަ ބެޗު 300 އަށްވުރެ ގިނަ ފުލުހުންނާއެކު ނިންމާލައިފި

profile

އާމިނަތު ޝަޒްލާ - 14 އޯގަސްޓު 2026 - 12:40

ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދިޔަ "ބްލޫސް ރީޓްރެއިނިންގ ޕްރޮގްރާމް" ގެ 4 ވަނަ ބުރު، 300 އަށްވުރެ ގިނަ ފުލުހުންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

https://wamco.com.mv/

ސައުތު ޕޮލިސް އާއި ސައުތު ސެންޓްރަލް ޕޮލިސްގެ ފުލުހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމް ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2026 އޮގަސްޓް 13 ވަނަ ދުވަހުއެވެ. ދ. ވާނީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ކެމްޕަހުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެޑް އޮފް ސަދަން ޕޮލިސް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދެވެ.

މި ޕްރޮގްރާމަކީ ޒަމާނީ ފުލުހުންގެ ޚިދުމަތަށް އަންނަ ބަދަލުތަކަށް އޮފިސަރުން އަހުލުވެރިކުރުވައި، އިލްމާއި، ސުލޫކީ މިންގަނޑުތަކާއި، ލީޑަރޝިޕް އަދި އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ސިލްސިލާ ތަމްރީނެކެވެ. އެގޮތުން ތިއަރީ ސެޝަންތަކާއި، އަމަލީ ތަމްރީނުތަކާއި، ސިނާރިއޯތަކަށް ބިނާކޮށް ކުރިއަށްގެންދިޔަ ތަމްރީނުތަކާއި ކޭސް ސްޓަޑީޒް މެދުވެރިކޮށް، ޒިންމާދާރު އަދި ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ބޭނުންވާ މުހިންމު ހުނަރުތައް ފުލުހުންނަށް ވަނީ އުނގަންނައިދީފައެވެ.

މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި ސުލޫކީ މިންގަނޑުތައް، ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާނެ ގޮތްތަކާއި، އޮޕަރޭޝަނަލް ޕޮލިސިންގ، ސީނާރިއޯ ބޭސްޑް ޓްރެއިނިންގ، ކޭސް ސްޓަޑީޒް އަދި ޓީމް ބިލްޑިންގ ހަރަކާތްތައް ހިމެނެއެވެ.

ބްލޫސް ރީޓްރެއިނިންގ ޕްރޮގްރާމުގެ މި ބެޗު ޖުމްލަ 328 ފުލުހުން ފުރިހަމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 306 ފިރިހެން އޮފިސަރުންނާއި 22 އަންހެން އޮފިސަރުންނެވެ. މިއީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި މުއައްސަސާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވަރަށް މުހިންމު ތަމްރީނެއް ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.

https://wamco.com.mv/
tel:+9607331319