logo

ލޭ ހަދިޔާކުރުމުގެ ފައިދާތަކާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަނެއް ބާއްވައިފި

profile

މުޙައްމަދު ފަޟްލޫން - 14 އޯގަސްޓު 2026 - 12:37

ށ. މާއުނގޫދޫގައި ލޭ ހަދިޔާކުރުމުގެ މުހިންމުކަމާއި އޭގެ ފައިދާތަކާ ގުޅޭގޮތުން އަންހެނުން ހޭލުންތެރިކުރުވުމުގެ ހާއްސަ ސެޝަނެއް ބާއްވައިފިއެވެ.

https://wamco.com.mv/

މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެ ރަށު ޞިއްޙީ މަރުކަޒު ގުޅިގެން ކުރިއަށްގެންދިޔަ މި ސެޝަން އޮތީ ނިމިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ރަށު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުވުމުގައި އެ ރަށުގެ ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެ، ލޭ ހަދިޔާކުރުމަކީ އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރެވޭނެ އެންމެ މާތް އެއް އަމަލުކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އަންނަނީ މި މަހުގެ 29 ވަނަ ދުވަހު އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކަސްރަތު ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންނެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

https://wamco.com.mv/
tel:+9607331319