
ތަޢުލީމީ ޚިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކުމުގައި ދަތިވަނީތޯ؟ ބީއެމްއެލްގެ މުހިންމު އިރުޝާދެއް!

އާމިނަތު ޝަޒްލާ - 14 އޯގަސްޓު 2026 - 14:22
އިމްތިހާން ފީ ނުވަތަ ތައުލީމީ އެކި ޚިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުހިންމު އިރުޝާދުތަކެއް ދީފިއެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި، އަސާސީ ބޭނުންތަކަށް ކުރަންޖެހޭ ޚަރަދުތަކަށް ބޭނުންވާ ފައިސާ މެދުނުކެނޑި ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އޮންލައިންކޮށް ކުރާ ބައެއް ވިޔަފާރިތަކަށް ބޭންކުން ވަނީ ދުވާލަކަށް ކަސްޓަމަރުންނަށް ކުރެވޭނެ މުޢާމަލާތުގެ ޖުމްލަ ލިމިޓެއް ކަނޑައަޅާފައެވެ. ނަމަވެސް، ތަޢުލީމީ އަދި ޞިއްޙީ ޚިދުމަތްތަކުގެ އިތުރުން، މުހިންމު ސަބްސްކްރިޕްޝަންތަކަށް ކުރާ އަސާސީ ޚަރަދުތަކަށް މި ލިމިޓްތަކުގެ ސަބަބުން އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް ބޭންކުން ބުނެއެވެ.
ތަޢުލީމީ ދާއިރާއާ ގުޅުންހުރި ބައެއް ފީތައް، ޚާއްޞަކޮށް އައި.އީ.އެލް.ޓީ.އެސް ފަދަ އިމްތިހާންތަކަށް ފައިސާ ދައްކާއިރު ބައެއް ފަހަރު މުޢާމަލާތް ނުކުރެވޭ މައްސަލަ ދިމާވާކަން ބޭންކަށް ވަނީ ފާހަގަކުރެވިފައެވެ. ބޭންކުން ބުނި ގޮތުގައި މިކަން މިހެން ދިމާވަނީ ޕޭމަންޓް ނެޓްވޯކް މެދުވެރިކޮށް ބޭންކަށް މަރޗަންޓް ކެޓަގަރީ ކޯޑު ލިބޭއިރު، އެ މުޢާމަލާތްތަކަކީ "ތަޢުލީމީ" ދާއިރާގެ ކޯޑުގެ ދަށުން ހިނގާ މުޢާމަލާތްތަކަށް ނުވާތީ ނުވަތަ އެއްވެސް ކެޓަގަރީއެއް ކަނޑައެޅިފައި ނުވާ ކޯޑުތަކެއްގެ ދަށުން މުޢާމަލާތް ހިނގާތީއެވެ. މިފަދަ ހާލަތްތަކުގައި އެ މުޢާމަލާތްތައް ފުރިހަމަނުވެ، ޑިކްލައިންވެއެވެ.
މިފަދަ ހާލަތެއް ދިމާވެއްޖެނަމަ އަމަލުކުރަންވީ ގޮތް ބަޔާންކުރަމުން ބީއެމްއެލް އިން ބުނީ، އެ މުޢާމަލާތުގެ ތަފްސީލާއެކު ބޭންކަށް ހުށަހެޅުމުން އެ މުޢާމަލާތް މުރާޖަޢާކޮށް، އެފަދަ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ ގޮތަށް އެ ސައިޓެެއް ކަނޑައަޅައި، އެކަން ހައްލުކޮށްދޭނެ ކަމަށެވެ.
ތަޢުލީމާއި، ޞިއްޙީ ޚިދުމަތް އަދި އަސާސީ ސަބްސްކްރިޕްޝަންތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގު ފަހިކޮށްދިނުމަކީ ބޭންކުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި މިފަދަ މުޢާމަލާތްތަކަށް ފުރިހަމަ އެހީތެރިކަން ދީ، ދަރިވަަރުންނާއި ކަސްޓަމަރުންނަށް ދިމާވާ އެންމެހާ މައްސަލަތައް ހައްލުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ބޭންކުން ވަނީ އަރުވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބްލޫސް ރީޓްރެއިނިންގ ޕްރޮގްރާމްގެ 4 ވަނަ ބެޗު 300 އަށްވުރެ ގިނަ ފުލުހުންނާއެކު ނިންމާލައިފި
6 ގަޑިއިރު ކުރިން

ލޭ ހަދިޔާކުރުމުގެ ފައިދާތަކާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަނެއް ބާއްވައިފި
6 ގަޑިއިރު ކުރިން

ވެމްކޯގެ ޚިދުމަތް ރަށްރަށަށް ފުޅާކުރުމަށް ބޭނުންވާ އުޅަނދުތައް އެ ކުންފުންޏާ ހަވާލުކޮށްފި
6 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަކީ ހުއްދަކަމެއް ނޫން: ރައީސް ނަޝީދު
6 ގަޑިއިރު ކުރިން


