logo

އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ބާޒާރަށް ނެރުނު އެދުގެ އަދަދު 600 އިން މަތިވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 17 ޖޫން 2025 - 15:22

އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ބާޒާރަށް ނެރުނު އެދުގެ އަދަދު 600 އިން މަތިވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް އެންޑްއެންވަޔަރަމަންޓް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދު ހުރީ 63,248 ގައެވެ. އަދި މިހާރު މި އަދަދު ވަނީ 64,033 އަރާފައެވެ. އެހެންކަމުން މިއީ 785 އެނދުގެ އިތުރުވުމެކެވެ.

ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދު 64،000 އަށްވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 44,047 އެނދާއި، ގެސްޓު ހައުސްތަކުގެ 14,514 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 3,162 އެނދުގެ އިތުރުން ހޮޓާތަކުގެ 2,310 އެނދެވެ.

https://wamco.com.mv/

އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދުތަކަށް ބަލާއިރު، 175 ރިސޯޓު، 853 ގެސްޓުހައުސް، 159 ސަފާރީ، 16 ހޮޓާ ހިމެނޭހެން ޖުމްލަ 1,203 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 1,043,082 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، 9.1 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 956,360 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ތެރެއިން 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު 29ހާހަށްވުރެ ގިނަ ފަތުރުވެރިން ހޮޓަލްތަކުގައި ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. މީގެ އިތުރުން 24 ހާހަށްވުރެ ގިނަ ފަތުރުވެރިން ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން މިއަހަރު ނިމުމުގެ ކުރިން ގެނައުމަށް ޓޫރިޒަމް އެންޑްއެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ތަފާތު އެކި ފެއަރ ތަކުގައި ދަނީ ރާއްޖެ އިޝްތިހާރު ކުރަމުންނެވެ.

https://wamco.com.mv/
https://www.aslu.com.mv