logo

"ދަ ޓްރެއިޓަރސް" ގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި އުރްފީ އަދި ނިކިތާ

profile

އައިޝަތު އިބްރާހިމް - 05 ޖުލައި 2025 - 06:05

"ދަ ޓްރައިޓާސް" ގެ ނަމުގައި އެމޭޒަން ޕްރައިމްއިން ގެނެސްދިން ރިއަލިޓީ ޝޯވ އުރްފީ ޖާވިދް އަދި ނިކިތާ ލުތަރު ކަރަން ޖޯހަރު ހޯސްޓްކުރި ރިއަލިޓީ ޝޯ "ދަ ޓްރެއިޓަރސް" ގެ ފުރަތަމަ ސީޒަން ކާމިޔާބުކޮށްފިއެވެ.

https://wamco.com.mv/

ޝޯވ ކާމިޔާބު ކުރުމުން މި ދެ ބައިވެރީންނަށް ޓްރޮފީ އާއި 70،5000 ރުޕީސްގެ ފައިސާގެ އިނާމެއް ވަނީ ލިބިފައެވެ. ފައިނަލްގައި އުރްފީ އަދި ނިކިތާ ވަނީ ސުދާންޝް ޕާންޑޭ، ހަރްޝް ގުޖްރާލް އަދި ޕޫރަވް ޖާ ވޯޓުން ބޭރުކޮށްފައެވެ. އަދި ޖަސްމިން ބަސިން "މަރާލެވުނެވެ".

އުރްފީ ބުނެފައިވަނީ އިނޮސެންޓެއްގެ ގޮތުގައި ކާމިޔާބުވީތީ އުފާވި ކަމަށެވެ. މިއީ އޭނާއާމެދު ޝައްކު ކުރި މީހުނަށް ޖަވާބެއް ކަމަށްވެސް ބުނެފައިވެއެވެ.

ސީޒަން އެކެއްގެ ނަސީބުވެރިންގެ ގޮތުގައި އުރްފީ ޖާވިދު އާއި ނިކިތާ ލޫތަރ އިއުލާންކުރެވިގެން ދިޔައިރު، ކުށެއް ނެތް ކުޅުންތެރިން ހޯދި ކާމިޔާބީއާ ގުޅިގެން ފަހު ހަފުތާތަކުގައި ވަރުގަދަ ވާދަވެރިއަކަށް ވި އުރްފީ ޖާވިދު ބުނީ "ދަ ޓްރައިޓާސް" އަކީ އޭނަ މިހާތަނަށް ތަޖުރިބާކުރި އެންމެ ވަރުގަދަ ރޯލާކޯސްޓާ ކަމަށާއި އެއީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ކޮންމެ ވެސް ގޮތުންވެސް ވަރަށް ބޮޑު ވަރުބަލިކަމެއް ލިބިގެންދިޔަ ޝޯވްއެއްކަމަށެވެ.

ޓީވީ އިންޑަސްޓްރީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު އިންފުލެއެންޒަރުން ހިމެނޭހެން 20 ބައިވެރިންނާއި އެކު ކުރިއަށް ގެންދިޔަ މި ޝޯވއަކީ އިނޮސެންޓުން ޓްރެއިޓަރުން ހޯދަން މަސައްކަތްކުރާ ޝޯއެކެވެ. "ދަ ޓްރައިޓާސް" ކާމިޔާބު ކުރުމުން އެއްބަޔަކު އުރުފީއަށް ތަހުނިޔާ ކިޔަމުން އަންނައިރު އަނެއް ބަޔަކު ގެންދަނީ އޭނަ ޝޯވ ކާމިޔާބު ކުރިގޮތާއި މެދު ސުވާލު އުފައްދާ މަލާމާތްކުރަމުންނެވެ.

ޚަބަރުތައް ބުނާ ގޮތުގައި މިއީ ޑަޗް ޝޯއެއްގެ އިންޑިއަން ވަރޝަނެކެވެ. މި ޝޯވގެ 2 ވަނަ ސީޒަނެއް އަންނާނެ ކަން ވަނީ އިއުލާނުކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay