
ވަރމިސެލީ ޕުޑިންގ
އަސްލު ރޯދަ ރަހަ - ވަރމިސެލީ ޕުޑިނގް

ޔޫޝައު ހަސަން - 27 މާރިޗު 2023 - 06:38
ވަރމިސެލީ ޕުޑިންގ
ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 45 މިނެޓް
ތައްޔާރުކުރެވޭ މިހުންގެ އަދަދު: 4
ބޭނުންވާ ތަކެތި :
750 އެމްއެލް ކިރު
5 މޭޒުމަތީ ސަމުސާ ހަކުރު
8 ކާފޫރުތޮޅި
1 ޕެކެޓް ވަރމިސެލީ ޕާސްތާ
8 - 10 ހިިކި މޭބިސްކަދުރު
ފިޔަވަޅު - 1
ފުން ތަވައެއްގެ ތެރޭގައި މަޑު ގިނީގައި ކިރާއި ކާފޫރުތޮޅިއާއި ހަކުރު ކޮޅު ކައްކާލާށެވެ. ކިރު ކޮޅު ރަނގަޅު ބޮކި ޖަހައި ޖެހެންދެން 5 މިނެޓްވަންދެން ކައްކާލާންވާނެއެވެ. ދެން ކުދި ކުދި ކޮށްލައިފައި ހުރި ވަރމިސެލީ ޕާސްތާ ކޮޅު ކިރު އެއްޗެ ތެރެއަށް އަޅާލައި ރަނގަޅަށް ކިރާއި އެކުވެ މަދުވެލަންދެން 5 ވަރަކަށް މިނެޓް ވަންދެން ކައްކާލާށެވެ. ދެން އެއަށް ހިކި މޭބިސްކަދުރު އަޅައި އެއްކޮށްލާށެވެ.
" ވަރމިސެލީ ކޮޅު އަޅާއިގެން ކައްކަންވާނީ ވަރިމިސެލީ މަޑުވެ ކިރާއި އެއްކޮށް ތަތްކޮށް އޮލަވަންދެނެވެ."
ނަތީޖާ:
ކެލޮރީ: 386
ސަރުބީ: 6 ގްރާމް
ކަރބްސް: 68 ގްރާމް
ޕްރޮޓީން: 15 ގްރާމް
އަސްލު ރޯދަ ރަހަ މިތީ 1444 ވަނަ އަހަރުގެ ރޯދަމަހާއި ގުޅިގެން މި އަހަރުގެ ރޯދަމަހުގައި ކިޔުންތެރިންގެ ސުފުރާތައް ފަޅުފިލުވުމުގައި އަސްލު ޓީމުގެ ބައިވެރިވުން ދިނުމުމުގެ ގޮތުން ގެނެސްދެވޭ ސިލްސިލާ ސެގްމެންޓެކެވެ.
މި ސެގްމެންޓް ގެ ދަށުން ކޮންމެ ދުވަހަކުވެސް ތަފާތު ކޮންމެވެސް އެއް ބާވަތެއްގެ ކާނާއެއްގެ ރެސިޕީ ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯޓާސް ލިސްޓުގައި ސޮއިކުރަން އިތުރު 1 ދުވަސް ދީފި
ގަޑިއިރެއް ކުރިން

2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކު އައްޑޫ އިން ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

އީދު ހަވީރުގައި އެމްއެންޑީއެފްގެ ސްޓޯލްތައް މާލޭގެ 4 ސަރަހައްދެއްގައި ހުންނާނެ
5 ގަޑިއިރު ކުރިން

އީދު އުފާ ކުރިމަތިވާއިރު, މުސްލިމުންނަށް ގަދަރާއި ހައިބަތު ދެއްވުމަށް ރައީސް އެދިވަޑައިގެންފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)