logo

ރައީސް މުއިއްޒު އަކީ ވާދަވެރި ސިޔާސީ ހަރަކާތަކަށް ޖާގަދެއްވަން ކެރިވަޑައިގަންނަވާ ވެރިއެއް: ޝުޖާއު

profile

އައިޝަތު އިނާޝާ - 13 ސެޕްޓެމްބަރު 2025 - 15:17

އިދިކޮޅު އެމްޑީޕީން މަގުތަކުގައި ކިތަންމެ ވަރަކަށް ބެނާ ދެމިޔަސް މިސަރުކާރުން އެ ބޭނާތައް ނުނަގާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އަކީ ވާދަވެރި ސިޔާސީ ހަރަކާތަކަށް ޖާގަދެއްވަން ކެރިވަޑައިގަންނަވާ ވެރިއެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ލޫޓުވައިފި، ދަވާލައިފި މިފަދަ ޝިޔާރުތައް ހިމެނޭ ބެނާފަދަ ތަކެތި ދެމުން އެންމެ އައުލާކަން ބޮޑީ އެމްޑީޕީ ހަރުގެ ކުރިމަތީގަ ކަމުގައި ކަމަށެވެ. ވިދާޅުވީ ބެނާ ކިތައްމެ ވަރަކަށް މަގުތަކުގައި ދެމިޔަސް މިސަރުކާރުން އެ ބެނާތަކެއް ނުނަގާނެ ކަމަށެވެ.

މެމްބަރު ޝުޖާއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އަކީ ވާދަވެރި ސިޔާސީ ހަރަކާތަކަށް ޖާގަދެއްވަން ކެރިވަޑައިގަންނަވާ ވެރިއެއް ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި މި ސަރުކާރު އިދިކޮޅުގައި އޮވެ، ބާއްވަން އުޅުން އެއްވުންތަކަށް އެމްޑީފީ އިން އެއްވެސް ބެނާ އެއް ދެމުމުގެ ހުއްދަ ދީފައިނުވާ ކަމަށް ވިދާޅުވެ ޝުޖާއު ވަނީ އެމްޑީޕީ މެމްބަރުންނަކީ ފިނޑި ފިނދަނަތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ކަނޑުވިއްކާލައިގެންނާއި ދިވެހި ރައްޔިތުން ބިކަކޮށްގެނާއި ފުލެޓްތައް ފޭރިގެން ބާއްވަން އުޅުނުހާ އެއްވުން ތަކަށް އެއްވެސް ބެނާއެއް ދެމުމުގެ ހުއްދައެއް ނުދެއްވި. މާނަ އަކީ ތިބޭފުޅުންނަކީ ފިނޑި ފިނދަނަތަކެކޭ: ޝުޖާއު

އެމްޑީޕީން ''ގައުމު ސަލާމަތްކުރުމަށް'' ނަމުގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދިޔުމަށާއި އަންނަ މަހުގެ ތިން ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އެމްޑީޕީގެ ތެރޭގައި 2028 ގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ވެސް ބޮޑެވެ.

އެ ގޮތުން، މިހާތަނަށް އެ ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި:

  1. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް
  2. ކުރީގެ ރައީސް މުހައްމަދު ނަޝީދު
  3. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
  4. ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު
https://etukuri.mv/
https://eportal.mwsc.com.mv/e-pay