logo
ވާދޫގައި ކައުންސިލުން ގާއިމުކޮށްފައިވާ ސާފުބޯފެން ރައްކާކުރުމުގެ ނިޒާމު --- ފޮޓޯ: ޒިދާން މުހައްމަދު/ އަސްލު

ވާދޫގައި ކައުންސިލުން ގާއިމުކޮށްފައިވާ ސާފުބޯފެން ރައްކާކުރުމުގެ ނިޒާމު --- ފޮޓޯ: ޒިދާން މުހައްމަދު/ އަސްލު

ސާފު ބޯފެން ލިބުން: އަސާސީ ހައްގުތަކުން އެންމެ އަސާސީ ކަންތައް!

profile

ޒިދާން މުޙައްމަދު - 31 އޯގަސްޓު 2025 - 12:30

އިސްލާމްދީނުގައި އިންސާނާގެ ދަތުރަކީ އެއް ދަތުރެކެވެ. ބިނާވަގެންވަނީ އެއް އަސްލެއްގެ މައްޗަށެވެ. އުފެދިގެން އައި އަސްލަކީ އެއް އަސްލަކެވެ. އެކަލާނގެ ހަޒްރަތުގައި އިންސާނުންނަކީ ހަމަހަމަ ބައެކެވެ. ހަލްގު ކުރެއްވުމުގައި ހަމަހަމައެވެ. މަސްއޫލިއްޔަތުގައި ހަމަހަމައެވެ.

https://wamco.com.mv/

މި އުންމަތަށް ކައުކުރެއްވި މާތް ނަބިއްޔާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އިއްވެވި ވަދާޢީ ޚުޠުބާއަކީ ހައްގުތަކާއި ވާޖިބުތަކުގައި ހަމަހަމަ އާލަމީ ގޮވާލުމެކެވެ. ތަފާތު ކުރުމެއް ނެތެވެ. ވަންހަ ކަމެއްނެތެވެ. ދަރަޖަ ތަކެއް ނެތެވެ. ކުލައެއް ޖިންސެއް ނެތެވެ. ހަމައެކަނި އޮތީ މި އުންމަތަށް ނިސްބަތްވުމެވެ. ނުވަތަ މި އިސްލާމްދީނަށް ނިސްބަތްވުމެވެ. އިންސާނީ އަގުން ބަލާއިރު އިންސާނުންނަކީ ހަމަހަމަ ބައެކެވެ. ހުރިހާ އެންމެން ނިސްބަތްވަނީ އާދަމުގެފާނަށެވެ. އާދަމުގެފާނު ހައްދަވާފައިވަނީ މަށިންނެވެ. ހުރިހާ އެންމެން ނިސްބަތްވަނީ އެއެއް ބައްޕައަކަށެވެ. އެއީ އާދަމުގެފާނެވެ.

އިންސާނީ ހައްގުތަކަކީ އިންސާނަކަށްވީތީ އޭނާއަށް ފިޠުރީގޮތުން ލިބިފައިވާ ހައްގުތަކެކެވެ. އިންސާނަކަށްވީތީ ލިބިދޭ ހައްގުތަކުގެ ތެރޭގައި، ވަރަށް އަސާސީ ހައްގުތަކެއް ވެއެވެ. ދިރިހުރުމުގެ ހައްގެވެ. ސާފުބޯފެން ލިބުމުގެ ހައްގެވެ. ކާނޭބޯނޭ އެއްޗެހި ލިބުމުގެ ހައްގެވެ. ތައުލީމު އުނގެނުމުގެ ހައްގެވެ. އަދި މިކަންކަމުގެ ތެރެއިންވެސް އެންމެ އަސާސީ ހައްގަކަށް ސާފުބޯފެން ލިބުމުގެ ހައްގުވެއެވެ.

undefinedވާދޫގައި ކައުންސިލުން ގާއިމުކޮށްފައިވާ ސާފުބޯފެން ރައްކާކުރުމުގެ ނިޒާމު --- ފޮޓޯ: ޒިދާން މުހައްމަދު/ އަސްލު

ދިވެހިރާއްޖެއަކީ މިހައްގު ކަށަވަރުކޮށްދިނުމުގައި ނަމޫނާ ގައުމެކެވެ. ކޮންމެ ރަށެއްގައިވެސް ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކޮށްދޭން ދައުލަތުން ކޮންމެ އަހަރަކުވެސް އެތައް ހޭދައެއް އެބަ ކުރެއެވެ. އަދި މާތް ﷲގެ ވާގިފުޅާއެކު މިހާރު ރާއްޖޭގެ ގިނަ ރަށްރަށުން މިޚިދުމަތްތައް އެބަ ލިބެއެެވެ. މީގެ އިތުރުން ބައެއް ރަށު ކައުންސިލްތަކުންވެސް ރަށު ފެންވަރުގައި ސާފުބޯފެން ލިބޭނޭ ނިޒާމުތައް ގާއިމުކޮށްފައި އެބަ ހުއްޓެވެ. މިގޮތުން، 661 މީހުންގެ އާބާދީއެއް އެ ރަށަކަށް ނިސްބަތްވާ ރ. ވާދޫގައިވެސް ކައުންސިލުން މިފަދަ އިންތިޒާމުތައް ހަމަޖައްސާފައި އެބަ ހުއްޓެވެ.

މިގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި، ތާންގީތައް ބަހައްޓައި، ވާރޭފެން ރައްކާކުރެވޭނެ ގޮތް ވަނީ ހަދާފައެވެ. ގިނަ އަދަދެއްގެ ތާންގީއާއެކު ވާދޫގެ އާބާދީއަށް ބޭނުންވާ ބޯފެން މިތާންގީތަކުގައި ރައްކާކުރެވެއެވެ. އެހެން ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުމެއް ފާހަގަކުރެވުނެވެ. މިހިނގާ އޯގަސްޓުމަހުގެ 21 ވަނަ ދުވަހުން 26 ވަނަ ދުވަހުގެ ނިޔަލަށް އަސްލު ޓީވީގެ ފަރާތުން ރ. އަތޮޅުގެ މީހުން ދިރިއުޅޭ 6 ރަށަަކަށް ކުރި ދަތުރުގައި، މިއަތޮޅު ވާދޫއަށް ކުރި ޒިޔާރަތުގައި މިރަށުގެ މީހުން ދިން މައުލޫމާތުތަކުން އެނގުނީ މިތާންގީތައް ރަނގަޅަށް ނުބެލެހެއްޓޭ ކަމެެވެ. ތާންގީތަކުގެ "މެއިންޓެނަންސް"އަކީ ބޯފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރަށް މުހިންމު ކަމެކެވެ.

undefinedވާދޫގައި ކައުންސިލުން ގާއިމުކޮށްފައިވާ ސާފުބޯފެން ރައްކާކުރުމުގެ ނިޒާމު --- ފޮޓޯ: ޒިދާން މުހައްމަދު/ އަސްލު

ރ. ވާދޫ ކައުންސިލުން މިރަށުގައި ގާއިމުކޮށްފައިވާ ބޯފެން ރައްކާތެރިކުރުމުގެ ނިޒާމަކީ އެހެން ރަށްރަށަށް ނަމޫނާ ނިޒާމެކެވެ. ނަމަވެސް، މިރަށު ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް އެބަ އޮތެވެ. އެއީ މިޚިދުމަތް ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ދިނުމެވެ. ބޯފެނުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. ގަވާއިދުން މިތާންގީތައް ސާފުކޮށް ރަނގަޅަށް ބެހެހެއްޓުމެވެ. ފެން ނަގާ ދިޔަދޮވިތަކާއި ފުރާޅު ގަވާއިދުން ސާފުކޮށް ބެލެހެއްޓުމެވެ. ކަމެއް ގާއިމުކުރުމަށްވުރެ، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުން ވަނީ ގިނަ ފަހަރަށް އުނދަގޫ ކަމަކަށެވެ. މިކަންވެސް މިހެން މިދިމާވަނީ މިސަބަބާ ހުރެ ކަމަށް ވެދާނެއެވެ.

މީގެ އިތުރުން، ރ. ވާދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް އަޒްރޯވާ ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްފައިވާ މަޝްރޫއު ހުއްޓި، ގިނަ ދުވަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުންވެސް މިރަށުގައި އެބަ އޮތެވެ. މިއީ ވާދޫ ކައުންސިލްގެވެސް ކަންބޮޑުވުން އޮތް މައްސަލައެކެވެ. މިރަށު ކައުންސިލްގެ އިންފޮމޭޝަން އޮފިސަރ ޔާމީން ފައިސަލް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވާދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ތިން އަހަރުވާން ގާތްވެފައިވާއިރު، މިމަޝްރޫއުގެ އެއްވެސް މަސައްކަތެއް އަލުން ފަށާފައި ނުވާ ކަމަށެވެ.

undefinedރ. ވާދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް އަޒްރޯވާ ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްފައިވާ މަޝްރޫއު ހުއްޓި، ގިނަ ދުވަސްތަކެއް ވަނީވެފައި — ފޮޓޯ: ޔާމީން ފައިސަލް/ ފޭސްބުކް

12 ޖޫން 2019ގައި އެ ކުންފުންޏާ ހަވާލުކުރި މިމަޝްރޫއުގެ ދަށުން ނަރުދަމާ ހޮޅިވަޅުލުމުގެ މަސައްކަތް 2021 ވަނަ އަހަރު ފަށާފައިވާކަން ޔާމީން ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ދަށުން 4.2 ކިލޯމީޓަރގެ ހޮޅި ވަޅުލުމަށް ހަމަޖެހިފައިވީ ނަމަވެސް، ހޮޅި ވަޅުލުމުގެ މަސައްކަތްވެސް ވަނީ ވަކި ހިސާބަކުން ހުއްޓިފައެވެ. މިމަސައްކަތް ފެށުމަށް ވާދޫއަށް ގެނެސްފައިވާ އާލާތްތައް ރަށުގެ އެތައްމިތަނަށް ދޫކޮށްލާފައިވާއިރު، އެކަމުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫތައް ވަމުންދާ ކަމުގެ ޝަކުވާ ވާދޫ ކައުންސިލަށް ލިބެމުންދާކަން އެ ކައުންސިލުން ފާހަގަކުރެއެވެ.

އެ ކައުންސިލުން ފާހަގަކުރާ ގޮތުގައި، ރައްޔިތުންނަށް ބޭނުންވާ މިފަދަ އަސާސީ ޚިދުމަތެއްގެ މަސައްކަތް މިހާ ގިނަ ދުވަހު ނުނިމި ދިގުލައިގެން ދިޔައިރުވެސް ސަރުކާރުން އެކަމަށް އެއްވެސް ހައްލެއް ހޯދައިދީފައި ނުވެއެވެ. ރ. ވާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ އަގަކީ 19.2 މިލިޔަން ރުފިޔާއެވެ. މި މަސައްކަތްތަކަށް ހަރަދު ކުރަނީ ދައުލަތުގެ ބަޖެޓުންނެވެ.

https://etukuri.mv/
https://www.aslu.com.mv