logo

ރަސްމާލެ މަޝްރޫޢުގެ މަސައްކަތް އަލުން ފަށައިފި

profile

އައިޝަތު އިނާޝާ - 10 ނޮވެމްބަރު 2024 - 14:21

ސަރުކާރުގެ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު، ރަސްމާލެ ހިއްކުން

ސަރުކާރުގެ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު، ރަސްމާލެ ހިއްކުން

މި ސަރުކާރުގެ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު، ރަސްމާލެ ހިއްކުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.

https://wamco.com.mv/

ރަސްމާލެ ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ ހަވާލުކޮށްގެން 70 ހެކްޓަރުގެ ބިން ދިގު މުއްދަތަކަށް އެ ކުންފުންޏަށް ދީގެންނެވެ.

އެ ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ "އޭރިއާ އެފް" ހިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މަޝްރޫއު މަޑުޖެހިފައިއޮންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ "ރަސްމާލެ" މަޝްރޫއުއަކީ ގިނަ އަދަދެއްގެ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރޭވިފައިވާ ބޮޑު ބިޔަ ޕްރޮޖެކްޓެކެވެ.

ރަސްމާލެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެއީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާ ވަރުގެ ތިންގުނަ ބޮޑު ސަރަހައްދެކެވެ. ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކުރިން އޮތީ ހަމަޖެހިފަ އެވެ.

ރަސްމާލެ މަޝްރޫއަށް 2025 ވަނަ އަހަރު 600 މިލިއަން ރުފިޔާ ހިމަނަން ސަރުކާރުން ޕްލޭންކޮށްފައި އޮތްއިރު 2026 ވަނަ އަހަރު 350 މިލިއަން ރުފިޔާ ހިމަނަން ވަނީ ނިންމާފައެވެ.

https://etukuri.mv/
tel:+9607331319