
އެކްސަސައިޒް އެކުވެރިން ނިންމާލައިފި

މުޙައްމަދު ފަޟްލޫން - 17 ޑިސެމްބަރު 2025 - 11:35
އިންޑިއަން އާރމީއާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް މިލިޓަރީ އެކްސަސައިޒް، އެކްސަސައިޒް އެކުވެރިން ގެ 14ވަނަ އެޑިޝަން، ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
ކޮންމެ ދެ އަހަރަކުން އެއް އަހަރު، އިންޑިއާ އަދި ދިވެހިރާއްޖޭގެ ތެރެއިން ފަހަރަކު ގައުމެއްގައި ބާއްވަމުން ގެންދާ "އެކްސަސައިޒް އެކުވެރިން"ގެ މި އަހަރުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވަނީ ޑިސެންބަރު 2 އިން 16އަށް، 14 ދުވަހުގެ މުއްދަތަށް އިންޑިއާގެ ޓްރިވެންޑްރަމްގައެވެ.
މި އެކްސަސައިޒްގައި އެމްއެންޑީއެފް މެެރިން ކޯރގެ 45 މެރީންސް ބައިވެރިވިއެވެ.
މި އެކްސަސައިޒްގައި އެމްއެންޑީއެފް ކޮންޓިންޖެންްޓްގެ ކޮމާންޑަރަކީ، އެމްއެންޑީއެފް މެރިން ކޯރ ހެޑްކުއޯޓަރޒްގެ އޮޕަރޭޝަންސް، ޓްރެއިނިންގ އެންޑް އެޑިޔުކޭޝަން ޑައިރެކްޓަރ، މޭޖަރ ޢަބްދުލް ހަސީބް އިބްރާހީމެވެ.
މި އެކްސަސައިޒްގެ ތެރެއިން، ޑިސެންބަރު 13 އަދި 14ގައި ކުރިއަށްގެންދިޔަ ވެލިޑޭޝަން އެކްސަސައިޒްގައި ރެއިޑަކާއި ސީއޭއެސްއޯ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައި ވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލެ ފޭސް 3 ގައި މިރޭ ހަވާ އަރުވަނީ
34 މިނިޓު ކުރިން

ޕީއެންސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު އުޅެނީ 97 އިންސައްތައިގައި: ޕީޖީ ލީޑަރ ފަލާހް
39 މިނިޓު ކުރިން

މިރެއިން ފެށިގެން ދަންވަރު މާލޭގެ އާއްމުތަންތަނުގައި އުޅޭ ބިދޭސީން ޗެކްކުރަން ފަށާނެ: ރައީސް
ގަޑިއިރެއް ކުރިން

ދިވެހިން އެދޭ އެދުމަކީ މިއަހަރުގެ ކާވާ ކަޕްގެ ތަށި ގެނައުން: ނައިބު ރައީސް
2 ގަޑިއިރު ކުރިން


